ރޭގެ މެޗްތައް ކާމިޔާބުކުރީ ކެނެރީފް އަދި ރިސޯޓްބޯއިސް

ހުޅުދޫގައި މިހާރު ހިގަމުންދާ މިނިވަންކަޕް 2018 ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު މެޗުތައް ކެނެރީފާއި ރިސޯޓްބޯއިސް ކާމިޔާބުކޮށްފި އެވެ.

މިނިވަން ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗްގައި  ދެކުނު އެފްސީއާއި ބައްދަލުކޮށް ކެނެރީފް މޮޅުވީ 3ލަނޑު 2 ލަނޑުންނެވެ.

ރޭގެ  ފުރަތަމަ މެޗު ފެށުމުގެ ކުރިން، ދާދި ފަހުން ކުއްލިގޮތަކަށް ނިޔާވެފައިވާ ދެކުނު އެފްސީ ގެ ގޯލްކީޕަރު  ޖަޒުލްގެ ހަނދާނުގައި ސުކޫތެއްނެސްފާއިވާއިރު ދެކުނު އެފްސީ އިންވަނީ ޖަޒުލްގެ ޖާޒީ އޭނާ ގެ މަންމަ އާއި ހަވާލުކޮށްފައެވެ

ރޭ ކުޅެވުނު މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ދެކުނު އެފްސީއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝުޖުއާންއެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރީން ކެނެރީފުންވަނީ 2 ލަނޑު ޖަހައިގެން މެޗްގެ ލީޑު ހޯދާފައެވެ. މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު އާލިއްޕެއް ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިންޝާލްއެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތަނާހެން  ދެކުނު އެފްސީއަށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކޮށްދީފައިވަނީވެސް އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޝުޖުއާންއެވެ.  އެހެންނަމަވެސް ދެވަނަ ހާފް ކުޅުން ނިމުމުގެ ކުރީން ކެނެރީފުގެ އިންޝާލް އެޓީމަށް 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތިޖާ 3-2 އަށް ބަދަލުކޮށްދިނެވެ. މިމެޗް ނިމިގެން ގޮސްފައިވަނީ 3 ލަނޑު 2 ލަނޑުން ކެނެރީފް މޮޅުވެގެންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކެނެރީފަށް 2 ލަނޑު ކާމިޔާބުކޮށްދިން އިންޝާލްއެވެ.

މިމުބާރާތުގައި ރޭ ކުޅެވުނު  ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ރިސޯޓްބޯއިސްއެވެ. ރިސޯޓްބޯއިސް މިމެޗް ކާމިޔާބުކުރީ މަރަދޫ ޒެލޯންއާއި ބައްދަލުކޮށް 5 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގައި ރިސޯޓްބޯއިސްއިން ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން ލިއާއު 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް 3 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޔާންޓޭ ، ޗަންނަ އަދި އަލީ ހާފިޒެވެ.

މި މެޗްގައި މަރަދޫ ޒެލޯންގެ  2 ލަނޑުވެސް ޖަހާފައިވަނީ އަބްދުﷲ ވާޒިއުއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓްބޯއިސްގެ އަލީ ހާފިޒެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ ގައުމު އެފްސީ އާއި އެއިލެންޑް އެފްސީ އެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ޑިކޭ ސްޕޯޓްސް ކްލަބާއި ޓީމް ވެމްކޯ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒެލޯން އާއި ދެކުނު އެފްސީ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އެފްސީގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި މިރޭ ކުޅެވުނު ގްރޫޕް ސީ ގެ މެޗް މީދޫ ލޮތަރި އެފްސީ ކާމިޔާބުކޮށްފިއެވެ. މީދޫ ...

ޒާމިލްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މޮޅުވި ޝަމްސުއްދީންސްކޫލް މުބާރާތުން ކަޓައިފި

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހަސަން ޒާމިލްގެ ހެޓްރިކާއެކު ބޮޑުތަފާތަކުން މޮޅުވި ޝަމްސުއްދީންސްކޫލް މުބާރާތުން ކަޓައިފިއެވެ. ...

ސަބްއޯޝަނިކުން ރެޑްއެންޓްސް ތަފާތުބޮޑުކޮށް ބަލިކޮށްފި

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެރީފް ރިސޯޓުން މިމުބާރާތުގައި ބައިވެރިވި ސަބްއޯޝަނިކުން  ތަފާތު ބޮޑުކޮށް ކްލަބް ރެޑްއެންޓްސް ބަލިކޮށްފި އެވެ. ...