މިނިވަން ކަޕް ފުޓްސަލް 2018 މިއަދު ހަވީރު ފަށައިފި- ފުރަތަމަމެޗް ކާމިޔާބުކުރީ ތައްލިހި އެފްސީ

މިނިވަން ކަޕް ފުޓްސަލް 2018 މިއަދު ހަވީރު ފަށައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މެޗްގައި ބައްދަލުކުރީ ތައްލިހި އެފްސީއާއި އެއިލެންޑް އެފްސީ އެވެ.

މިމެޗް 6 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ތައްލިހި އެފްސީއެވެ. މިމެޗްގައި ތައްލިހި އެފްސީން ކާމިޔާބުކުރި 6 ލަނޑުގެ ތެރެއިން ޝަމްހާދު ސައީދު 2 ލަނޑު އަދި  އަހުމަދު އަޔާޒު 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝިޔާމްއާއި އަހުމަދު ސިރާޒްއެވެ.

އެއިލެންޑް އެފްސީން މިމެޗްގައި ކާމިޔާބުކުރި 3 ލަނޑު ކާމިޔާބުކޮށްދިނީ އަލީ ރަމީޒު ، އިބްރާހިމް ސައީދު އަދި އަލީ އަނާލްއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހިޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން އަހުމަދު އަޔާޒެވެ.

މިމުބާރާތަކީ މެރެތަން އިސްނަގައިގެން އިންތިޒާމްކޮށްގެން ހުޅުދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 ރުފިޔާ  ރަނަރަޕް ޓީމަށް 20000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދުގެ އިތުރަށް  އައިލެންޑް އެކްސްޕްރެސްއާއި  ހުޅުދޫވިޔަފާރިވެރިންނާއި ހުޅުދޫ ޒުވާނުންނެވެ

މިއަހަރުގެ މިމުބާރާތުގައި 9 ޓީމު ބައިވެރިވެފައިވާއިރު މިމުބާރާތުގެ ގުރޫޕް އޭ ގައި ފަސްޓީމް ހިމެނެއެވެ. އެއީ ތައްލިހި އެފްސީ، އެއިލްންޑް އެފްސީ ،ގައުމު އެފްސީ،ޑީކޭ ސްޕޯރޓްސް ކްލަބް އަދި ވެމްކޯއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަކީ ކެނަރީފް، ދެކުނު އެފްސީ، ޒެލޮން އަދި ރެސޯރޓް ބޯއިސް އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެ

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެވެ. މައްސަލަ ބޮޑުވެފައިވާ ވީއޭއެމްގެ ...

ރެފްރީގެ ނިންމުތަކާ ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިގަޑު ރެފްރީއަށް އަމާޒުކޮށްފި

މަމެން އައްޑޫއިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗަށްފަހު  އަތޮޅުމަދަރުސާޓީމްގެ ...

މީދޫޓީމް ބަލިކޮށް ޓީމް ވޮރިއާސް ފައިނަލަށް

ޓީމް ވޮރިއާސްއާއި ބައްދަލުކޮށް ބަލިވުމުގެ ސަބަބުން މީދޫ ޓީމް ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުން ކަޓައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ...