ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް އަށް- އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ކިލިއަން އެމްބާޕޭއަށް

ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް އާއި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އާއި ވާދަކޮށް ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ ނުވަތަ “ގޯލްޑެން ބޯލް” ގެ އެވޯޑް ކްރޮއޭޝިޔާގެ މޮޑްރިޗް ހޯދައިފިއެވެ.

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗްއާއި ހަވާލްކޮށްފައިވަނީ ރޭ ކުޅެވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗަށްފަހު ބޭއްވުނު  ރަސްމިއްޔާތުގައެވެ

ރޭ ކުޅެވުނު ފައިނަލް މެޗުން ފްރާންސްއާއި ބައްދަލުކޮށް ކްރޮއޭޝިއާ  4 ލަނޑު 2 ލަނޑުން ބަލިވިކަމުގައިވިޔަސް  މުބާރާތުގެ ފައިނަލާއި ހަމައަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މޮޑްރިޗް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން ކްރޮއޭޝިޔާޓީމްގެ  މެދުތެރެއިން އެޓީމު ކުޅުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ  މޮޑްރިޗްއެވެ

އަދި މޮޑްރިޗް އަކީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވޯލްޑް ކަޕެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކްރޮއޭޝިޔާގެ ކުޅުންތެރިޔާއެވެ

މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރާންސްގެ އުމުރުން 19 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ އަށް މި އެވޯޑު ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. މިގޮތުން ރޭގެ ފައިނަލް މެޗުގައި ވެސް އެމްބާޕޭވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

ރޭ އެމްބާޕޭ ކާމިޔާބުކުރި ގޯލާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ގޯލެއް ކާމިޔާބުކުރި ދެވަނަ އަށް އެންމެ ހަނގު ކުޅުންތެރިޔާއަށެވެ.  ވޯލްޑް ކަޕެއްގެ ފައިނަލެއްގައި މިހާތަނަށް ގޯލެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިއަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ. އެގޮތުން 1958 ވަނަ އަހަރުގެ ފައިނަލްގައި ޕެލޭ ގޯލު ކާމިޔާބުކުރިއިރު އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ

ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އަށް ދޭ “ރަންބޫޓު” އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަށް ލިބުނުއިރު އޭނާ ވަނީ މިމުބާރާތުގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޔެކްސް އާއި ބާސެލޯނާ ސެމީފައިނަލަށް

ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި، ޔުވެންޓަސްގެ 2-1 ން ބަލިކޮށް އަޔެކްސް މުބާރާތުގެ ސެމީފައިނަލަށް ...

ޗެމްޕިއަންސް ލީގު : މޯލްޑޯވާގެ ޝެރިފް އާއި ބައްދަލުކޮށް ރެއާލް މެޑްރިޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ތެރެއިން ރެއާލްމެޑްރިޑާއި ޝެރިފް ބައްދަލުކުރިމެޗުން  ރެއާލް މެޑްރިޑް ...

ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެވެ. ވެލެންސިއާގެ ދަނޑުގައި ރޭ ކުޅެވުނު ...