ފްރާންސް ވޯލްޑްކަޕް 2018 ގެ ޗެމްޕިއަންކަން ހޯދީ މިރޭ  ރަޝިއާގެ ލުޒްނީކީ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ކްރޮއޭޝިއާ 4-2 ން ބަލިކޮށްފައެވެ.

މިރޭގެ ފައިނަލަކީ ކްރޮއޭޝިއާގެ ތާރީހުގައި އެގައުމު ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ފައިނަލެވެ. ފްރާންސުން މީގެ ކުރިންވެސް ދެ ފަހަރު ވޯލްޑް ކަޕްގެ ފައިނަލް ކުޅެފައިވެއެވެ. 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް އުފުލާލި އިރު، 2006 ވަނަ އަހަރު އެޓީމު ފައިނަލްގައި ބަލިވީ އިޓަލީ އަތުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާއިން ރަގަށް  ކުޅެމުންދަނިކޮށް  މެޗްގެ ލީޑު ނެގީ ފްރާންސެވެ. ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފްރާންސަށް ލިބުނު ހިލޭ ޖެހުމެއްގައި އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ކްރޮއޭޝިޔާގެ ގޯލަށްވަނީ ކްރޮއޭޝިޔާގެ  ފޯވަޑް މާރިއޯ މަންޒުކިޗްގެ ބޮލުގައި ޖެހިފައެވެ.

މަންޒުކިޗް އަތުން ބައިކޮޅަށް ވަން މިގޯލަކީ މިހާތަނަށް ވޯލްޑް ކަޕެއްގެ ފައިނަލް މެޗުގައި ބައިކޮޅަށް ވަން ހަމައެކަނި ގޯލެވެ.

ފްރާންސުން ގޯލެއް ޖަހާ މެޗްގެ ލީޑު ހޯދިތާ 10 މިނިޓްފަހުން މެޗްގެ 28 ވަނަ މިނިޓްގައި ކްރޮއޭޝިޔާއިންވަނީ ލަނޑެއް ޖަހާމެޗެގެ ނަތީޖާ ހަމަހަމަކޮށްފައެވެ.  މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރަސިޗެވެ.

ކްރޮއޭޝިއާއިން މެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް ދެވަނަ ފަހަރަށް ފްރާންސްއިން މެޗްގެ ލީޑު ހޯދީ މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ޕެނެލްޓީއަކުންނެވެ. ފްރާންސަށް ލިބުނު މިޕެނެލްޓީން ފްރާންސަށް ލީޑު ނަގައިދިނީ ގްރީޒްމަންއެވެ.

ކްރޮއޭޝިއާގެ އޭރިއަށް ތެރެއަށް ފްރާންސްޓީމުގެ ކުޅުންތެރިއަކު ހުރަސްކުރި  ބޯޅައެއް ކްރޮއޭޝިޔާގެ ޕެރިސިޗްގެ އަތުގައި ޖެހުނު ނަމަވެސް ރެފްރީ ފުރަތަމަ ޕެނެލްޓީ ދީފައެއް ނުވެއެވެ. އެހެންނަމަވެސް ފްރާންސްގެ ކުޅުންތެރީން މައްސަލަ ޖެއްސުމުން ވީއޭއާރް ރިވިއުއަށްފަހު ރެފްރީ ފްރާންސަށް ޕެނެލްޓީ ދީފައިވާ އިރު، ގިނަ ބަޔަކު ވަނީ  ރެފްރީގެ އެ ނިންމުމަށް ފާޑުކިޔާފައެވެ.

ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 2 ލަނޑު 1 ލަނޑުން ފްރާންސުން ކުރި ހޯދައގެންނެވެ.

ދެވަނަ ހާފް ފެށިގެން 59 ވަނަ މިނެޓުގައި ފްރާންސުން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު އިތުރަށް ފުޅާކުރިއެވެ. ކްރޮއޭޝިއާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން މިލަނޑު ކާމިޔާބުކޮށްދީފައިވަނީ  ޕައުލް ޕޮގްބާ އެވެ.

ފްރާންސްގެ 3 ވަނަ ލަނޑު ކާމިޔާބުކުރިތާ 6 މިނިޓްފަހުން އެޓީމުގެ 4 ވަނަ ލަނޑު 65 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ކިލިއަން އެމްޕޭ އެވެ.

މިމެޗުގައި ކްރޮއޭޝިޔާއިން ކާމިޔާބުކުރި 2 ވަނަ ލަނޑު 69 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މަންޒުކިޗްއެވެ.

ދެވަނަ ފަހަރަށް ފްރާންސް އިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ ތާރީހުން ޖާގަ ހޯދާފައެވެ. މިގޮތުން ޑެޝޯމްޕް ވެގެން ގޮސްފައިވަނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ ފަރާތަށެވެ. ފްރާންސް އިން އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެޓީމުގައި ޑެޝޯމްޕް ހިމެނިފައިވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސުވަރޭޒްގެ ހެޓްރިކާއެކު ބާސާއިން އެލްކްލެސިކޯމެޗް ކާމިޔާބުކޮށްފި

އަނިޔާވެފައިވާ ކެޕްޓަން ލިއޮނަލް މެސީއާއިނުލާ ކުޅުނު އެލްކްލެސިކޯ މެޗްގައި ބާސެލޯނާއިން ރެއާލްމެޑްރިޑް 5 ލަނޑު 1 ލަނޑުން ބަލިކޮށްފިއެވެ. ...

ޗައިނާ ލީގު ދޫކޮށް ޓެވޭޒް އެނބުރި ބޮކާ ޖޫނިއާސްއަށް

ބޮޑު އަގުގައި ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ކާލޮސް ޓެވޭޒް އެ ކުލަބު ދޫކޮށް ...

ރޮނާލްޑޯއާއި ލުކަކޫގެ ލަނޑުތަކުން ޔުނައިޓެޑާއި ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ކުޅުނު މެޗުތައް އެދެޓީމްވެސް ކާމިޔާބު ...