ޗެމްޕިއަންސް ލީގު – ފުރަތަމަ ފަހަރަށް ޕީއެސްޖީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ފައިނަލަށް  ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީ  ދަތުރުކޮށްފިއެވެ.

ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނުގެ އާރުބީ ލެއިޕްޒީ 3 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

ރޭގެ މެޗުފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ޕީއެސްޖީއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރީން ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރ މާކިންޔޯސްއެވެ.

ދެވަނަ ލަނޑު ނޭމާ ތަނަވަސްކޮށްދިން ފުރުޞަތެއްގެއް ބޭނުންކޮށްގެން   42 ވަނަ މިނިޓްގައި  ކާމިޔާބު ކޮށްދީފައިވަނީ ޑިމާރިއާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުންފަށައިގެން  މެޗްގެ 56 ވަނަ  މިނިޓްގައި  އިތުރު ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީން ލީޑު ފުޅާކުރިއެވެ. . މިލަނޑު ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ބާރނަޓްއެވެ. މި ލަނޑާއެކު 3-0 ގެ ނަތީޖާއިން މޮޅުވެ އެ ޓީމުންވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަސް ދަތުރު ކޮށްފައެވެ.

ފައިނަލްގައި ޕީއެސްޖީ ބައްދަލު ކުރަންޖެހޭނީ ސެމީފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބަޔާން މިޔުނިކާއި ލިޔޯން ބައްދަލު ކުރާ މެޗުން މޮޅުވާ ބަޔަކާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ  12 ޖަހާއިރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާ މަނަވަރު “ރަނާ” ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރު އައިއެންއެސް “ރަނާ” މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) “ރަނާ” ރާއްޖެއަށް ...

15 ޖަމިއްޔާއަކަށް 2.9 މިލިއަން ރުފިޔާ ސަރުކާރުން ދީފި

މުޖުތަމަޢު ބާރުވެރިކުރުމަށް ޖަމިއްޔާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ސަރުކާރުން އެހީވުމުގެ ގޮތުން، 15 ޖަމިއްޔާއަކަށް މާލީ އެހީދީފިއެވެ. ސަރުކާރުގެ އެހީގައި ...

ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...