ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މިއެކްސިޑެންޓާބެހޭގޮތުން އައްޑޫލައިވްގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ވާތޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސޯ ރެސްޓޯރެންޓު ކައިރިން ދެ ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ފޭދޫ އަފްރާހް ނަމަކަށް ކިޔާ ޒުވާނަކަށް ކަމުގައި އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ދެވަނަ ސައިކަލު ދުއްވަން އިން މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެ އެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބޮލުން ލޭ ފައިބަމުން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާކަމުގައިވެސް އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅެއް- މާރިޔާ

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅަކާއި، ސޯޝަލްމީޑިއާގެ ބޮޓުންތަކެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ...

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...

ފީފާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް 2022: ސްޕެއިން ޗެމްޕިއަންކަން ހޯދައިފި

 ފީފާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް 2022 ގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ...