ސައިކަލު ކަހާލައިގެން ވެއްޓި މީދޫ ކައުންސިލަރާއި ޑެޕިއުޓީ މޭޔަރަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

އައްޑޫސިޓީގެ ދެ ކައުންސިލަރަކު ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އެ ދެ ކައުންސިލަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ

މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ ހަވީރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި މީދޫ ކައުންސިލަރު ހިޔާޒު ހަަސަން ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނީ ހިތަދޫ ލިންކްރޯޑުން ގޮސް ކައުންސިލު އިދާރާއަށް ދާން އޮންނަ މަގަށް އަޅާލަން އުޅުމުގެ ތެރޭގައި ހިލަވެލިތަކެއް މައްޗަށް އެރިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސްރިފުގެ އަނގަމަތިން ފަޅައިގެން ގޮސް ދެ ތުންފަތް ދުޅަވެފައިވާ އިރު، ހިޔާޒުގެ ވައަތުގެ ކުޑަ ހުޅުންވަނީ  ނެއްޓިފައިފައެވެ. އެހެންކަމުން އިތުރު ފަރުވާ ހޯދުމަށް ހިޔާޒު މިއަދުގެ ވަގުތެއްގައި މާލެ ފުރުމަށްވަނީ ހަމަޖެހިފައެވެ.
އައްޑޫސިޓީ ލިންކުރޯޑަކީ ނުރައްކާތެރި އެކްސިޑެންޓުތައް މީގެކުރިން ހިނގާފައިވާ މަގެކެވެ. ބައެއް އެކްސިޑެންޓުތަކުގައި މީހުން މަރުވެފައިވެސް ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ކަނޑޫއެޅެ ބީޗް ސާފްކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

ހުޚުދޫ އަވަށު އޮފީހުން އިސްނަގައިގެން ހުޅުދޫ މާފިށި ( ކަނޑޫއެޅެ) ބީޗް ސާފް ކުރުމުގެ މަސައްކަތް މިއަދު ހެދުނު ...

ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރައްވައިފި

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ގެ މަގާމަށް އިބްރާހިމް ހޫދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި ...

ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ...