ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ، ހުކުމް ތަންފީޒުކުރަންޖެހޭނެ: ހޯމް މިނިސްޓަރ

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޖަލު ހުކުމުން ބަރީއަވާކަމަށްވާނަމަ، ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ވެސް އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޝަރުއީ ކޯޓަކުން ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ގައިދީއަކަށް ވެރިކަމަށް ވަޑައިގަނެވޭނެ ހަމައެކަނި ގޮތަކީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފުރިހަމަ ކުރުން ކަމަށެވެ. އެހެންކަމުން ނަޝީދު އިންތިޚާބުގައި ވާދަކޮށްގެން ހުކުމުން ބަރީއަވާނަމަ، ޖަލުގައި މިހާރު ހުކުމް ތަންފީޒުކުރަމުންދާ ހުރިހާ އެންމެންނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވެންޖެހޭނެ ކަމަށް މިނިސްޓަރ އަޒުލީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްވެސް ގައިދީއެއްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރާނެ ކަމަށާއި، އަދި ވަކި ދުވަސްވަރެއްގައި ވެރިކަން ކުރެއްވި ބޭފުޅަކަށް ވިޔަސް ނަޝީދަށް ވަކި އިމްތިޔާޒުތަކެއް ލިބިގެން ނުވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރައްވަން ޖެހޭނެ ކަމަށާއި، ނަޝީދަކީ ގާނޫނަކުން ބާވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް ވިޔަސް އަދި އެނޫން ގޮތަކުން ކަމުގައި ވިޔަސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ ތޭރަ އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މީގެއިތުރުން މިނިސްޓަރ އަޒުލީން ވިދާޅުވީ ނަޝީދު ގަދަކަމުން ކޮންޓްރޯލަކުރާ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރެއްވިޔަސް، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވޭނީ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، ތިން އަހަރު ފަހުން ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރައްވަން ނަޝީދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކަށް ކެހި ދިނުމުގެ ގޮތުން ކަމަށް ވެސް ހޯމްމިނިސްޓަރ އަޒުލީން ވިދާޅުވިއެވެ.

މަސްދަރު: ޗެނަލް 13

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު ...

ނިއުލައިން ބޯޓްގެ ފަޅުވެރީންގެ ސާމްޕަލްތައް ނެގެޓިވް

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ނެގި ސާމްޕަލްތައް ނެގެޓިވް ވެއްޖެވެ. ...

ދީނީ ތަޢުލީމު ދިނުމަކީ އިސްލާމީ ޚިދުމަތެއް ނޫން – ޝައިޚް އިލްޔާސް

ދިނީ ތަޢުލީމު ދިނުމަކީ އެއީ އަދި އިސްލާމް ދީނަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށް މަޝްހޫރު ދީނި ޢިލްމުވެރިޔާ ...