ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ  79 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށެވެ.

މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 29 ވަނަ މީހާއެވެ. އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 22 ދިވެއްސަކާއި 7 ބިދޭސީންނެވެ.

ރާއްޖެއިން 7,804 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 171 މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދާކަމަށާއި ވެންޓިލޭޓަރުގައި 5 މީހަކަށް ފަރުވާދެމުންދާކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކުރައްވާފައެވެ.

އިއްޔެ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ 137 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 129 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 8 މީހުންނެވެ. އެއީ 96 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާ 9 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލުގެ 2 މީހަކާއި، ފިލިޕީންސް، ރަޝިޔާ އަދި ގާނާގެ މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 119 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5155 އަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންމެފަހުގެ ތަފާސްހިސާބުތަކުބް ދައްކާގޮތުން މިހާތަނަށް ޕޮޒިޓިވްވި 7804 މީހުންގެ ތެރޭގައި ހިމެނެނީ 4812 ދިވެހިންނާއި 2992 ބިދޭސީންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު މަޝްރޫއު ހުއްޓާލަން އީޕީއޭއިން އަންގައިފި

އައްޑޫ ސިޓީ ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓާލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ...

 “ނިއުލައިޓް” ބޯޓު ފުންކޮށްގެން މާމެންދޫ ބަނދަރަށް ގެންގޮސްފި

މާލެއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަނިކޮށް ލ. މާމެންދޫގެ އުތުރު ފަރާތު ފަރަށް އެރި ހުޅުދޫ  “ނިއުލައިން” ބޯޓް، އެމްއެންޑީއެފް ...

މަސްތުވާ ތަކެތީގެ މައްސަލައެއްގައި މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި  މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިދެޒުވާނުން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމީދޫގައި ޕޮލިހުން ހިންގި ...