ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑުއެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅަކީ ރައީސް އެފުރުސަތު ދެއްވާތީ ކުރެއްވޭ ކަމެއްކަމަށާ، ރައީސް ޔާމީނަކީ ފިރިއެއްގެ ޙައިސިއްޔަތުންވެސް ނަމޫނާ ބޭފުޅެއްކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ” އެކަލަސް މިކަލަސް ދެނަސް ރައީސް ޔާމީން” މި ނަމުގައި ހުކުރު ދުވަހުގެރޭ ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.  މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ރައީސް ޔާމީން ވަނީ ކުރު މުއްދަތެއްގައި ރާއްޖޭގެ މަލަމަތި ބަދަލުކުރައްވައި ތަރައްޤީ ގެންނަވާފައިކަމަށެވެ. އަދި ރައީސްޔާމީންގެ ހިތްވަރުފުޅު ދެއްވުމާއެކު ފެށްޓެވި މަސައްކަތުގައި އެކަމަނާއަށް ދެމި ހުރެވުމުގެ އަސްލަކީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ލޯތްބައި އެހީތެރިކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަރައްޤީއާއެކު ރައްޔިތުންގެ ވިސްނުމަށް ބަދަލު އަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި އެފަދަ ވަސީލަތްތައް ޤާއިމްކުރުމަށްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ މިތަރައްޤީ ދެމެހެއްޓޭނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބުކޮށްގެންކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓް ދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެ

ހުޅުދޫ ސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެވެ. މިދެޓީޗަރުންނަށް އުމްރާދަތުރު ލިބިފައިވަނީ ޓީޗާސްޑޭ ފާހަގަކުރުމަށް ހުޅުދޫސްކޫލްގެ ޕީޓީއޭގެ ފަރާތުން ...

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ދިވެހި ޕައިލެޓަކާއެކު މިމަހު 18 ގައި އާ ރަންވޭއަށް ޖައްސާނެ

ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާ ބޯޓު އިއްތިހާދު އެއާވޭސްގެ އޭ380-800 ގެ ފްލައިޓް މި މަހުގެ 18 ...

ފެނަކަވެސް ގައުމީ ޓީމާއެކު

މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ...