ހުޅުދޫސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެ

ހުޅުދޫ ސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެވެ.

މިދެޓީޗަރުންނަށް އުމްރާދަތުރު ލިބިފައިވަނީ ޓީޗާސްޑޭ ފާހަގަކުރުމަށް ހުޅުދޫސްކޫލްގެ ޕީޓީއޭގެ ފަރާތުން  ރޭ ކެނެރީފް ރިސޯޓްގައި ބޭއްވި ހުޅުދޫ ސްކޫލްގެ “ޓީޗާސް ގާލާ ނައިޓް” ގައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން ކެނެރީފް ރިސޯޓްގައި ރޭ ބޭއްވުނު މިހަފްލާގައި އަސްކޮއި ހައްޖު އެންޑް އުމްރާގެ ފަރާތުން  ހުށަހެޅި 2 އުމްރާ ދަތުރު ލިބޭ ފަރާތް ހޮވުމަށް ބޭއްވުނު ގުރުއަތުލުމުގައި އުމުރާ ދަތުރު ލިބުނީ ލީޑިންގ ޓީޗަރ އާއިޝަތު މިލްޒާ އަދި ޓީޗަރ ޢާއިޝަތު އަލީ އަށެވެ.

ރޭގަޑުގެ ކެއުމާއެކީ “ޓީޗާރސް ގާލާ ނައިޓް” ގެ ނަމުގައި ކުރިއަށް ގެންދެވުނު  މިހަފްލާގައި  ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ ވަރަށް އަގުހުރި އިނާމުތަކެއް މުދައްރިސުންނަށްވަނީ ދެއްވާފައެވެ.

އެގޮތުން ސަންލޭންޑް ހޮޓެލްސް އެންޑް ރިސޯރޓްގެ ފަރާތުން ދެއްވި  4 ދުވަހުގެ ހުރުމާއި އެ ރިސޯރޓްގެ ހުރިހާ ޚިދުމަތްތަކެއް ހިލޭ ލިބިގެންދާ ” ހޮލިޑޭ ޕެކޭޖް ” ޓީޗަރ ފިދާދު ޖަލީލުއަށް ލިބުނު އިރު އެންހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ޕްރެޝަރ ކުކާރ ލިބިލެއްވީ ޤްރުއާން މުދައްރިސް މަރިޔަމް ނިޒާމާ އަށެވެ. މީގެއިތުރުން އައިލޭންޑް އޭވިއޭޝަނުން ހުށަހަޅާފައިވާ ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރެވޭ ދެކޮޅު ޓިކެޓް ލިބިލެއްވީ ދިވެހި މުދައްރިސް މަރިޔަމް އިނާސާއަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު : މީދޫ ބަނދަރަށް ކަރަންޓް ލުމުގެ މަސައްކަތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަނދަރުން އޮޑިދޯނި ފަހަރުތަކަށް ފަސޭހައިން ކަރަންޓް ލިބޭނެގޮތް ހައްދަވާ ދިނުމުގެ ...

ރައީސް ސޯލިހު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހި ގައުމީޓީމު ކުޅުނު ދެވަނަ ...

ކޮންކްރީޓް އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއް – ނަޝީދު

މުޅި މާލެ ފުރާ ކޮންކްރީޓު އެޅުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ...