އޭސީޕީ ޖަމްޝީދާއި، އަޙްމަދު މުޙައްމަދު މަޤާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި

އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސިސްޓަން ކޮމިޝަނަރުންނަށް އައްޔަންކުރެއްވި އެ ދެބޭފުޅުން މަޤާމުން ވަކިކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ނޯޓިސް ފޮނުވާފައިވަނީ، އެގޮތަށް ޕޮލިސް ބޯޑުން ލަފާދެއްވުމުންނެވެ.

ޕޮލިސް ބޯޑުން ގިނަ ޢަދަދެއްގެ ފުލުހުންތަކެއް ވަކިކުރުމަށް ލަފާދެއްވިނަމަވެސް މިހާތަނަށް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައިވަނީ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދަށް އެކަނިކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މަޤާމުން ވަކިކުރުމަށް އެދެބޭފުޅުންނަށް ފޮނުއްވާފައިވާ ނޯޓިސްގައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހު މަގާމުން ވަކި ކުރުމުގެ އިޖުރާއަތްތައް ފަށާނެކަމަށެވެ.

ފުލުހުންގެ ވަޒީފާއިން އެ ދެބޭފުޅުން ވަކިކުރުމަށް ސީޕީ ހަމީދު ނޯޓިސް ފޮނުވާފައިމިވަނީ، ފުލުހުންގެ އިސް 7 އޮފިޝަލަކު މަޤާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާތާ ދުވަސްތަކެއް ފާއިތުވި ފަހުންނެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާ 7 ބޭފުޅުންނަކީ:

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމެވި އޭސީޕީ ޖަމްޝީދަކީ، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މެންބަރެއްވެސް މެއެވެ. އަދި އޭސީޕީ އަޙްމަދު މުޙައްމަދަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ކްރައިމް ކޮމާންޑްގެ ވެރިޔަކަށް ހުންނެވި ބޭފުޅާއެވެ.

އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.

އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެއެވެ.

މަސްދަރު ޚބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 27 ނޮވެމަބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...