މިއަދު ހަވީރު ކުޅެވުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗުގައި ހިތަދޫ ސްކޫލް 1-0 އިން ބަލިކޮށް އަތޮޅުމަދަރުސާގެ ޓީމް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.

ހިތަދޫ ސްކޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރިނަގަމުން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ހިތަދޫ ސްކޫލްޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

އަތޮޅުމަދަރުސާޓީމް މިމެޗުން މޮޅުވި ލަނޑު މެޗް ނިމެން 5 މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރަޔަންއެވެ.

އަތޮޅުމަދަރުސާޓީމަށް ލިބުނު މިޕެނަލްޓީއަކީ އެޓީމުގެ ސަހާފް ހިތަދޫސްކޫލް ޓީމުގެ ހާފްގެ މެދަކާ ހިސާބުން ހިތަދޫ ސްކޫލްގެ 4 ކުޅުންތެރީން ކަޓުވާލުމަށްފަހު އެޓީމުގެ ޕެނަލްޓީއޭރިއާގެތެރެއަށްވަދެ ބޯޅަ ގޯލަށް ފޮނުވާލަން އުޅުމުގެތެރޭގައި ހިތަދޫ ސްކޫލް ޓީމުގެ ކުޅުންތެރިއަކު ސަހާފް ވައްޓާލުމުން ލިބުނު ޕެނަލްޓީއަކުން ރަޔަން ކާމިޔާބުކޮށް ދިން ލަނޑެކެވެ.

މި ޕެނަލްޓީގައި ރަޔަން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށް ފޮނުވާލުމުންވެސް އަލުން ބޯޅަ ލިބުނީ ރަޔަންއަށެވެ. ރަޔަންއަށް ބޯޅަ ލިބުނުމުން ކީޕަރު ކަޓުވާލުމަށްފަހު ރަޔަންވަނީ ބޯޅަ ގޯލްތެރެއަށް ފޮނުވާލާފައެވެ.

ފަސްޓީމު ވާދަކުރި މިމުބާރާތުގެ ފައިނަލަށް އަތޮޅުމަދަރުސާ ހޮވިފައިވަނީ އެޓީމު ކުޅުނު 4 މެޗުން 7 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ 2 ވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ފައިނަލަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމެއްގެ ގޮތުގައި 8 ޕޮއިންްޓް ލިބިގެން ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލެވެ.

ޝަރަފުއްދީން ސްކޫލާއި އަތޮޅުމަދަރުސާގެ ޓީމް މިމުބާރާތް ފެށުމުގެ ގޮތުން  ބައްދަލުކުރި މެޗް ނިމިފައިވަނީ  3 ލަނޑު 3 ލަނޑު ދެޓީމް އެއްވަރުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް ފުޓްސަލް މުބާރާތް 2018 – ރޭގެ މެޗް ކާމިޔާބުކުރީ ޑީކޭ

މިނިވަންކަޕް ފުޓްސަލް މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޑިކޭ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ ހުޅުދޫ ފުޓްސެލް ދަނޑުގައި ރޭ ކުޅެވުނު ...

ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީން ކުޅުނު ފުރަތަމަ މެޗުންވެސްވީ ބަލި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި ...

ނެދަލޭންޑްސް އާއި އެކުއެޑޯ އެއްވަރު

ވޯލްޑްކަޕުގައި ނެދަލޭންޑްސްއާ އެކުއެޑޯ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ. އެކުއެޑޯއާ ނެދަލޭންޑްސް ބައްދަލުކުރި މެޗު ނިމުނީ 1 – ...