ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފި އަތޮޅުމަދަރުސާގެ ޓީމް ބަލިވެއްޖެ

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތެއްގެ ބޭނުން ނުހިފި ދިއުމުގެ ސަބަބުން ސ. އަތޮޅުމަދަރުސާގެ 16  އަހަރުން ދަށުގެޓީމް އިއްޔެ ކުޅުނުމެޗުން ބަލިވެއްޖެވެ.

އަތޮޅުމަދަރަރުސާގެ ޓީމް ބަލިވެފައިވަނީ މިހާރު ހިތަދޫގައި ހިގަމުންދާ އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ފޭދޫ ސްކޫލްގެ ޓީމާ ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.

އަތޮޅުމަދަރުސާގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި އެޓީމްގެ ސަހާފް ފޭދޫ ސްކޫލްގެ ގޯލް އޭރިޔާގެ ތެރެއިން ބޭނުން ގޮތަކަށް ފޭދޫ ސްކޫލްގެ ގޯލަށް ބޯޅަ ވައްދާލަން ރަޔަން އަށް ދިން ބޯޅަތައް ރަޔަން ފޮނުވާލާފައިވަނީ  ގޯލްގެ މަތިން ބޭރަށެވެ.

އަދި މީގެ އިތުރަށް ވެސް ލަނޑު ޖަހަން ރަޔަންއަށް ލިބުނު އެތައް ފުރުސަތެއް ބޭނުން ނުކުރެވިދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

ޖޯޒީ ނަމްބަރު 7 ނާޒިމް ފިޔަވައި އެހެން ހުރިހާ ކުޅުންތެރީން މެޗްފެށުނީއްސުރެ  ފަހަތަށް ފައިބައިގެން ކުޅެމުންދިޔަ ފޭދޫސްކޫލްގެ ޓީމުން މިމެޗްގައި ކައުންއެޓޭކްގައި އުފެއްދި ހަމަލާއަކުން އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނިޓްގައި ކާމިޔާބުކުރެވިފައިވަނީ އަތޮޅުމަދުސާގެ ގޯލްކީޕަރަށް ހެދުނު މިސްޓޭކެއްގެ ބޭނުން ކޮށްގެންވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަމްބަރު 7 ނާޒިމެވެ.

އަތޮޅުމަދަރުސާޓީމަށް ކާމިޔާބުކުރެވުނު ލަނޑަކީ 70 ވަނަ މިނިޓްގައި މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ސަހާފް ފޭދޫ ސްކޫލް ޓީމްގެ މެދުރުގާ ހިސާބުން ފެށިގެން ފޭދޫ ސްކޫލްގެ ފަސްކުޅުންތެރިއަކު ކަޓުވާލުމަށްފަހު ގޯލްއޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފޭދޫސްކޫލްގެ އަލީ ހިމާމު އަތުން ބައިކޮޅަށް ވަދެގެން ކާމިޔާބު ކުރެވުނު ލަނޑެކެވެ.

މިމެޗުން ފޭދު ސްކޫލް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދީފައިވަނީވެސް އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ނާޒިމެވެ.

މިމެޗުން ފޭދޫ ސްކޫލް މޮޅުވުމުން އެޓީމަށް 4 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު އަތޮޅުމަދުސާޓީމަށް 3 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ.

އިއްޔެގެ މެޗުން އަތޮޅުމަދަރުސާޓީމް ބަލިވިކަމުގައިވިޔަސް އެޓީމަށް އަދި މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ އެޓީމް މާދަމާ ހިތަދޫ ސްކޫލްގެ ޓީމާ ބައްދަލުކޮށް ކުޅޭމެޗުން މޮޅުވެގެންނެވެ.

މާދަމާގެ މެޗަށް ހިތަދޫ ސްކޫލް ނިކުންނައިރު އެޓީމަށްވެސް 3 މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށްވެސް މާދަމާގެ މެޗުން މޮޅުވެގެން މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...

ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވާ _ މެމްބަރު ޝާހިދު

ރައީސް ޔާމީން ހުޅުދޫ މީދޫ އަށް ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީގެ ޚިދުމަތުގެ  އަގުވަޒަންކޮށް އަންނަ މަހު 23 ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން 3 ޕޮއިންޓް ލިބި އޭ ގްރޫޕްގެ 1 ވަނަ އޭޓީއަށް

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ފުޓްބޯޅަ މުބާރާތުގައި  ހޯމަދުވަހުގެރޭ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް މެޗްގައި އޭޓީ ސްޕޯޓސްއާއި ...