ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން 3 ޕޮއިންޓް ލިބި އޭ ގްރޫޕްގެ 1 ވަނަ އޭޓީއަށް

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ފުޓްބޯޅަ މުބާރާތުގައި  ހޯމަދުވަހުގެރޭ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް މެޗްގައި އޭޓީ ސްޕޯޓސްއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން އޭޓީ މެޗުން މޮޅުވިކަމަށް ނިންމައިފިއެވެ.

އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން 3 ޕޮއިންޓާއި ފައިދާ ދެގޯލް އޭޓީއަށް  ލިބުނުކަމަށް ނިންމުމުން ގްރޫޕް އޭއިން 3 މެޗުން 7 ޕޮއިންޓް ލިބިގެން މިވަގު  ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ އޭޓީ ސްޕޯޓްސްއެވެ.

އެފްސީ އަފިރިން އާއި އޭޓީ ސްޕޯޓްސް ބައްދަލުކުރަން ހަމަޖެހިފައި އޮތްމެޗް ކުރިއަށް ނުގެންދެވުމުން ދެން ކުރިއަށް ގެންދިޔައީ ޖަންތާ ގަރާޖާއި އެފްސީ އުސްގަޑަ ބައްދަލުކުރުމަށް ހަމަޖެހިފައިވާމެޗެވެ.

ޖަންތާ ގަރާޖާއި އުސްގަޑަ ބައްދަލުކޮށް ކުޅެވުނު މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޖަންތާ ގަރާޖެވެ.

މިމެޗް ޖަންތާ ގަރާޖު ކާމިޔާބު ކުރުމުން ގްރޫޕް ބީން 3 މެޗް ކުޅެގެން ޖަންތާ ގަރާޖަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. މިމެޗުން ބަލިވި އެފްސީ އުސްގަޑަށް 3 މިމެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ.

ރޭ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންތާ ގަރާޖުގެ މޫސާ ވަހީދުއެވެ.

މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅުވާ ދެޓީމް ސެމިފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަމެޗްގައި އެއްކޮޅުން ބައްދަލުކުރާ ޓީމަށް ހަމަޖެހިފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ ގްރޫޕްބީގެ އެއްވަނަ ޓީމެވެ.  އަދި މީގެ  އިތުރަށް ކޮންމެ ގްރޫޕަކުން 2 ވަނަ އަދި ތިންވަނަ ޓީމް ހޮވޭނީ ކްއާޓާފައިނަލަށެވެ.

ކްއާޓާފައިނަލްގެ ފުރަތަމަ މެޗަގައި ބައްދަލުކުރާގޮތައް ހަމަޖެހިފައިވަނީ  ގްރޫޕް އޭ ގެ 2 ވަނަ ޓީމާއި ގްރޫޕް ބީގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ  އޭ ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވޭޓީމާއެވެ.  

ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ގްރޫޕް އޭގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވޭޓީމާއެވެ

ބެސްޓް ސެލެކްޝަން ކޮމްޕެނީ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕްޓީމަށް 10،000ރ. ދިނުމަށްވަނީ ހަމަޖެހިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީން ކުޅުނު ފުރަތަމަ މެޗުންވެސްވީ ބަލި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި ...

ސިޔާކަޕް 2019 ގެ ޗެމްޕިއަންކަން ހިތަދޫ ކްލަބް ރިވެރިން ހޯދައިފި

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-5 އިން ...

ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ: މަހުލޫފް

ކުޅިވަރުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށާއި އެއީ މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއްކަމަށް ޔޫތް މިނިސްޓަރު ...