މަމެން” ޕްރޮމޯޓް ކުރުމަށް މީދޫއާއި ހުޅުދޫގައި ދިރާގު ސ. އޮޕަރޭޝަނުން ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފި

އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި މޯބައިލް ޕުރީޕެއިޑް ޕްލޭން “މަމެން” ޕްރޮމޯޓް ކުރުމަށް މީދޫއާއި ހުޅުދޫގައި ދިރާގު ސ. އޮޕަރޭޝަނުން މިމަހުގެ 25 ވަނަ ދުވަހުޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި ކަސްޓަމަރު އަމިއްލައަށް މޯބައިލް ޕްލޭން ރާވާލެވޭ ޕްރީޕެއިޑް ޕްލޭނެވެ.

މި ޕްރޮމޯޝަނުގައި ކުރިން މަމެން އެޕް އިން ލިބޭ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށް ގެންގޮސްފާވެއެވެ.

 

މަމެންނަކީ ކޮބާ؟

މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެނޭނީ އެޕް ފޯނަށް ޑައުންލޯޑްކުރުމަށްފަހު ޕްލޭންގައި ބައިވެރިވެގެނެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭނެއެވެ. އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަންޖެހެއެވެ. މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެއެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް ކުރުކޮށް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރ މެދުވެރިކޮށް ގަނެވޭނެއެވެ. އާރްބީ އަކީ ގިނަދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެއެވެ

މަމެންއިން ކަސްޓަމަރުން ބާރުވެރިކުރުވަނީ ކިހިނެތް؟

މަމެންގައި ހިމެނެނީ މައިގަނޑު ހަތަރު އަސާސީ ސިފައެވެ.

  1. އެމީހަކު ބޭނުންވަރަކަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެޕްގައި އެކަމަށް އިންނަ ހާއްސަ ސްލައިޑަރެއް ދަމާލައިގެން ފަސޭހަކަމާއެކު ހޯދޭނެއެވެ. ޑޭޓާ ގިނަކޮށްފައި ވޮއިސް މަދުކޮށްލަންވީއެވެ. ނުވަތަ 3 ކަންތައް އެއް ހަމައެއްގައި ބަހައްޓަންވީއެވެ. އެމީހަކު ބޭނުންގޮތެކެވެ.
  2. މަމެންގައި އަމިއްލައަށް ކަނޑައަޅާ ޕްލޭން ބޭނުން އިރަކު ހަމަ އެހާފަސޭހައިން ސްލައިޑަރ ދަމާލައިގެން އެޕުން ބަދަލުކޮށްލެވޭނެއެވެ. އަދި އެކަންގޮތަކަށް ކިތަންމެ ފަހަރަކުވެސް ކުރެވިދާނެއެވެ. އަދި ގަނެފައިވާ ޑޭޓަ ނުވަތަ ވޮއިސް ނުވަތަ އެސްއެމްއެސް އަނބުރާ އާރްބީ އަށް ބަދަލުކޮށްލެވޭނެއެވެ. ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން އޮވެއެވެ.
  3. މަމެން އެޕުން ފޯނު ބޭނުންކުރާ މިންވަރު ނުވަތަ ޔޫސޭޖް ވަގުތުން ވަގުތަށް ފަސޭހައިން ބަލާލެވޭނެއެވެ. ފޯނުން ކްރެޑިޓް ހޭދަވާގޮތް ނޭނގި އުޅޭކަށް ނުޖެހެއެވެ. ޔޫސޭޖް ބަލާފަ އެމީހަކަށް ކަމުދާގޮތަށް އެޕް ފަރުމާކުރަންވީއެވެ.
  4. ގާތްތިމާގެ މީހުންނާއި ރައްޓެހިން (ނުވަތަ އެނޫންވެސް ފަރާތަކަށް) ފަސޭހައިން އާރްބީ ފޮނުވައި ހަމައެހާމެ ފަސޭހައިން އާރްބީ ހޯދުމަށް އަހާލެވޭނެއެވެ. މަމެނިއަރސް (މަމެންގެ އަހުލުވެރިން) ފަސޭހަކަމާއެކު އެކަކު އަނެކަކުގެ ކިބައިން އާރްބީ ހޯދާ ފޮނުވާހެދެއެވެ. ދިގު ޕިންކޯޑް ނުޖަހާ ދެތިން ކްލިކަކުން އެޕް މެދުވެރިކޮށް ރައްޓެއްސަކަށް ޑޭޓާ ނުވަތަ ވޮއިސް ނުވަތަ އެސްއެމްސް ފޯރުކޮށްދެވިދާނެއެވެ. ނުވަތަ އަހައިގެން އަމިއްލަ ބޭނުމަށް ހޯދިވެސް ދާނެއެވެ.

މަމެން ބޭނުންކުރާ ފަރާތްތަކަށް ޚާއްސަޑިސްކައުންޓްތައް

މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާގުޅިގެން މަމެނިއަރސް އަށް ޚާއްސަ ޑިސްކައުންޓަކާއި އޮފަރ ތައް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފާރތައް މި ޕާޓްނަރުން މެދުވެރިކޮށް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކޮށްފި

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް މީގެ ކުރީން ސިޓީ ކައުންސިލުން ނިންމާފައިވާ ...

މީދުން ކަރާ ކިލޯއެއް ގަންނަން ލިބެނީ މާލޭގެ ލޯކަލް މާރުކޭޓުންވެސް ކަރާ ކިލޯއެއް ލިބޭއަގަށް

އައްޑުއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ މީދޫގައި ރޯދަމަހުގެ ކުރީން ކަރާކިލޯއެއް އާއްމުކޮށް 15 ރުފިޔާ އަށް ...

އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ރަށްރަށުގައި ވިއްކާނެ އެޖެންޓުން ހޯދަނީ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ ...