ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފި

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފިއެވެ.

މިއީ ދިރާގުން އަމިއްލަ ފަރާތްތަކާއި ގުޅިގެން ދިރާގުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހުޅުމީދޫގައި ހުޅުވި މިފަދަ 2 ވަނަ ފިހާރައެވެ.

advertisement

ހުޅުދޫ ” ހޭޒްލީން ” ގައި ހުޅުވި މިފިހާރައިން ދިރާގުގެ ޕްރީޕެއިންޑް ޚިދުމަތްތަކުގެ އިތުރަށް ހުރިހާ ޕޯސްޕެއިޑް  ބިލް ޕޭމެންޓްގެ ޚިދުމަތްތަކެއްވެސް ލިބިގެންދާނެއެވެ. އަދި މިފިހާރައިން ލޭންޑްލައިންގެ ބިލްތަކަށާ އިންޓަނެޓްގެ ބިލްތަކަށް އަދި ދިރާގު ޓީވީގެ ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު ރީލޯޑްގެ ޚިދުމަތްވެސް މިފިހާރައިން ލިބިގެންދާނެއެވެ.

” ދިރާގުން ޚިދުމަތް ހޯދުމެކޭ މިފިހާއިން ޚިދުމަތް ހޯދުމެކޭ ހަމައެއްގޮތެއްވާނީ، އަދި މިފާރައިގައި ޚިދުމަތް ދޭން ތިބޭނީ ދިރާގުން ފުރިހަމައަށް ޓްރެއިންކޮށްފައިވާ މުވައްޒަފުން ” ހުޅުމީދޫގައި ހުޅުވުނު މިފިހާރަ ހިންގާ ފަރާތުން ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ނޮވެމްބަރ 20 ވަނަ ދުވަހު ހުޅުވުނު ދިރާގުގެ މިފިހާރަ ހުޅުއްވައިދެއްވީ ފެނަކަ ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ ސިރާޖާއި އެ އޮފީހުގެ މެނޭޖަރ މުހައްމަދުދީދީއެވެ. މިފިހާރަ ހުޅުވުމަށްފަހު މިފިހާރައަށް އެންމެ ފުރަތަމަ ބިލް ޕޭމެންޓް ހެއްދެވީވެސް ފެނަކަ ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ ސިރާޖެވެ.

މިފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ހެޑްއޮފީހުން ވަޑައިގެންނެވި 2 ބޭފުޅުންނާއި ދިރާގު ހިތަދޫ އޮފީހުން ވަޑައިގެންނެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިނަލްމެޗަށް އިތުރު އަމްޕަޔަރަކު ގެންނަނީ !

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ރަސްރަނި ނެޓްބޯޅަ ޗެލެންޖްގެ ފައިނަލްމެޗްގައި އަމްޕަޔަރުކަން ކުރަން އެހެން އަމްޕަޔަރަކު ގެންނަކަމުގެ މައުލޫމާތު ލިބިއްޖެވެ. ...

ކޮވިޑް 19 – ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ

ހުޅުދުންނެގުނު ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް 19 އަށް  ޕޮޒިޓިވްވެއްޖެވެ. ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ...

އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާޓީމް ހޯދައިފި  

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ” ...