މީދުން ކަރާ ކިލޯއެއް ގަންނަން ލިބެނީ މާލޭގެ ލޯކަލް މާރުކޭޓުންވެސް ކަރާ ކިލޯއެއް ލިބޭއަގަށް

އައްޑުއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ މީދޫގައި ރޯދަމަހުގެ ކުރީން ކަރާކިލޯއެއް އާއްމުކޮށް 15 ރުފިޔާ އަށް ލިބެންހުރިކަމުގައިވިޔަސް ރޯދަމަސް ފެށުމާއެކު ކަރާ ކިލޯއެއްގެ އަގު -/25 ރ އަށް އުފުލިއްޖެވެ. މީ މިވަގުތު މާލޭގެ ލޯކަލް މާރުކޭޓުންވެސް ކަރާ ކިލޯއެއް ލިބޭއަގެވެ.

މީދޫގައި ކަރާގެ އަގު ބޮޑުވެފައިވަނީ ކަރާ ލިބޭ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް ގާޑިއާތަކުގެ ވެރީންނާއި ތަކެތި ވިއްކާ  އެހެންފަރާތްތަކުން ބުނެ އެވެ. މިދުވަސް ކޮޅު ކަރާ އަގުބޮޑިވިޔަސް ކުރިއަށް އޮތްތަނުގައިވެސް ކަރާގެ އަގު ހެޔޮވާނެކަމަށް ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މީދޫގައި  ލިބެން ހުރި އެހެން ތަކެތީގެ އަގުތަކަށް ބަލާ އިރު ފަޅޯ ކިލޯއެއް އުޅެނީ 20ރ. އަށެވެ. ދޮންކެޔޮ އުޅެނީ އެއްވައް 03ރ. އަށް މަގުންނެވެ. ޗޮރާ ކިލޯއެއް  ލިބެނީ -/30ރ. އަށެވެ. ކޮޕީ ފަތެއް ލިބެންހުރީ  -/5 ރ.އަށެވެ. ފެޝަންފުޓް  ކިލޯއެއް 90ރ އަށް ލިބެން ހުރި އިރު ޗައިނީސް ކެބެޖް އުޅެނީ ކިލޯއެއް 50ރ. އަށެވެ. އަދި ކިއުކަންބާ ކިލޯއެއް -/25 ރ ލިބެން ހުރިއިރު ކެބެޖް ކިލޯއެއް ލިބެނީ -/80 ރ އަށެވެ. އަދި މީގެ އިތުރަށް ލުބޯ ކިލޯއެއް -/80 ރ ލިބެންހުރިއިރު ބަރަބޯ ކިލޯއެއް މިލިބެނީ -/25 ރ އަށެވެ.  އަދި މީގެ އިތުރަށް ބަށި ކިލޯއެއް -/45 ރ ލިބޭއިރު ކައްޓަލަ ކިލޯއެއް ލިބެނީ -/45 ރ އަށެވެ.

ބާޒާރުގައި ތަކެތި މަދުވުމަކީ ނުވަތަ ހުސްވުމަކީ، އެތަކެތީގެ އަގު އުފުލުމަށް އޮތް ސަބަބެއްކަމަށް ނުހެދުމަށް ދިވެހި ވިޔަފާރިވެރިންނަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވީނަމަވެސް ރަމަޟާންމަހަކީ އެހެން މަސްމަހާއި އަޅާބަލާއިރު، ކާބޯތަކެތީގެ ބާވަތްތަކަށް އޮންނަ ޑީމާންޑް އިތުރުވާ މަހެއްކަމުން، ރަމަޟާންމަހާއި ދިމާކޮށް، ތަކެތީގެ އަގު އުފުލުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21 މިލިޔަން ޑޮލަރު ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަސައްކަތާ ގުޅިގެން ނަގަންފެށި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21.4 ...

މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށް- ނަޝީދު

މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަން އިންޑަސްޓްރީ (  މަޓީން )  ...

ފްލެޓް ރޭޓެއް ކަނޑައެޅުމުން 30-50 ޕަސެންޓް ކުޑަވާނެ، އަމަލުކުރަން ފަށާނީ އަންނަ އަހަރު – ޝަރީފް

ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރު ކަރަންޓް ބިލުން 30 އާއި 50 އިންސައްތައަށް ...