ގެއްލުނު 2 ކުދިންގެ އާއިލާއަށް ރައީސް ހިތްވަރުދެއްވައިފި

އައްޑޫ ސިޓީ ހިތަދޫއިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިންގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރ އާދަމްޝަރީފް އުމަރު ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ ވަނީ އެކުދިން ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް އެކުދިންގެ އާއިލާތަކާ ހިއްސާ ކުރައްވާފައެވެ. އަދި އެ ކުދިން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިނިސްޓަރ ވަނީ އެ އާއިލާތަކަށް ދެއްވާފައެވެ.

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށް އެރިއުޅުނިކޮށް ގެއްލުނު 2 ކުދިން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި އެމެއެންޑީއެފާއި ފުލުހުންނާއި އައްޑޫގެ އާންމުރައްޔިތުންދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިއަދުވެސް އެކުދިން ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުންދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. އަދި ކަނޑުގެ އެކި ސަރަޙައްދު ބަލާފައިވާއިރު، ޑައިވިންގް ރޮބޯޓް ބޭނުންކޮށްގެން ކަނޑުއަޑީގެ އެކި ސަރަހައްދުވެސް ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު، ހިތަދޫ ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ސ.ހިތަދޫ، އޯޝަންވިލާ ޢަލީ ފަހުމީ އާއި ހިތަދޫ ޓޮޕާޒް މަޔާމީން ޢަލީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސައްކަތް ކުރާނީ ލޮކްޑައުންއަށް ނުގޮސް ބަލި ކޮންޓްރޯލް ކުރަން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭތޯކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...

ދައުރު ނިމޭއިރު ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ: ރައީސް

މި ސަރުކާރުގެ ދައުރު ނިމިގެންދާއިރުގައި، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް ...

އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތް: ސިއްހީމަރުކަޒު ބަލިވުމުން ގްރޫޕް ބީގެ އެއްވަނަ ޓީމެއްގެ ގޮތުގައި މިފްކޯ ސެމީފައިނަލަށް ހޮވިއްޖެ

އައްޑޫ ރަސްރަނި ނެޓްބޯޅަ  މުބާރާތުގައި ފުރަތަމަ މެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސިއްހީމަރުކަޒު ޓީމް ހުޅުދޫ ޔޫތު ...