ރައީސް ނަޝީދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާ އަށްފަހު ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތް، ހަތަރު މަހެއްހާ ދުވަސް ފަހުން މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވާކަން އެނގިއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައިޕާޓީގެ ވެސް ރައީސް، މުހައްމަދު ނަޝީދު ފަރުވާ އަށްފަހު ރާއްޖެ ވަޑައިގަންނަވާކަން ކަށަވަރު ކުރުމަށްޓަކައި “ހަތާވީސް” އިން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންގެ ތެރެއިން މެންބަރަކަށް ގުޅާލުމުން އެކަން ކަށަވަރު ކޮށްދެއްވިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާއިރު ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ހުއްދައަށް އެދި ނަޝީދު ވަނީ މަޖިލީހަށް މީގެކުރިން ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު ނިމި، އެކަން ހިންގައި ރޭވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނާއި އާއިލާ އާއި އަދި ހެޔޮއެދޭ އެތައް ބަޔަކާއި ވެސް ޖެހިލުންވާ ކަމެއް ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށް ޝަރީއަތްތައް ވެސް ފަށައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 09 ސެޕްޓެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

މަރަދޫގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުން ބީލަމަށް

އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ މަރަދޫ އަވަށުގައި ...

ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް ...