ގެއްލުނު 2 ކުދިންގެ އާއިލާއަށް ރައީސް ހިތްވަރުދެއްވައިފި

އައްޑޫ ސިޓީ ހިތަދޫއިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިންގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރ އާދަމްޝަރީފް އުމަރު ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ.

ޑިފެންސް މިނިސްޓަރ ވަނީ އެކުދިން ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް އެކުދިންގެ އާއިލާތަކާ ހިއްސާ ކުރައްވާފައެވެ. އަދި އެ ކުދިން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިނިސްޓަރ ވަނީ އެ އާއިލާތަކަށް ދެއްވާފައެވެ.

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށް އެރިއުޅުނިކޮށް ގެއްލުނު 2 ކުދިން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި އެމެއެންޑީއެފާއި ފުލުހުންނާއި އައްޑޫގެ އާންމުރައްޔިތުންދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިއަދުވެސް އެކުދިން ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުންދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. އަދި ކަނޑުގެ އެކި ސަރަޙައްދު ބަލާފައިވާއިރު، ޑައިވިންގް ރޮބޯޓް ބޭނުންކޮށްގެން ކަނޑުއަޑީގެ އެކި ސަރަހައްދުވެސް ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު، ހިތަދޫ ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ސ.ހިތަދޫ، އޯޝަންވިލާ ޢަލީ ފަހުމީ އާއި ހިތަދޫ ޓޮޕާޒް މަޔާމީން ޢަލީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާޒިމްގެ ރައްދު އިޔާޟަށް: ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ

ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުން މީ ކޮންކަހަލަ ކަމެއްތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ޑރ.މުޙައްމަދު ...

ކޮންމެ މީހަކު ވެސް އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެއް – ހުތުބާ

އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ޙަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ...

ގެއްލިގެން ހޯދަމުންދާ ޝިމާ- އޭނާގެ އާއިލާއާއި މުޅި މާމެންދޫ އިންތިޒާރު ކުރަމުންދަނީ ޝިމާ ފެންނާނެ ވަގުތަކަށް

ޑިންގީއެއް ބަންޑުން ޖަހާލުމާގުޅިގެން ގެއްލިގެން ހޯދަމުންދާ ޝިމާ ފާއިޒް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަދިވެސް ކުރަމުންދާއިރު އޭނާގެ ޚަބަރެއް ...