މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

މާލެ އާއި އިނގުރައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.

ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް ވިދާޅުވީ، ފުލުހުންގެ ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ރ.އިނގުރައިދޫގެ ދެ ގެއެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕްރޭޝަން ގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑު މީހާ އަހުމަދު އާލިމްވެސް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިނގުރައިދޫ އަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ ހ. ހެޕީ ވިލާއިންނެވެ. އެގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހުރި ބޮޑު ދެ ރަބަރު ޕެކެޓާއި، އެއް ފިލްމް ހުސްކުރި ދަޅު އަދި މަސްތުވާތަކެތި ހޭކިފައިވާ އެއް ކޮތަޅު ފެނިފައިވާކަމަށް ޝުއައިބް ވިދާޅުވިއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނުގައި 578 ގްރާމް ހުރި އިރު މި އެއްޗެހީގެ މަގުމަތީ އަގަކީ 5 ލައްކަ ދިވެހި ރުފިޔާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަށް ހޯދާފައިވެއެވެ.

މިޣެ އިތުރުން އިނގުރައިދޫން ބެލި ދެގޭގެ ތެރެއިން ގެއެއްގައި 26 ގްރާމް ހުރި މަސްތުވާތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައެވެ.

ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު ޖަހާދީފައިވާއިރު މިންޓްވޯކްގައި އަންހެނަކު ވެސ ހިމެނެއެވެ.

މި ނެޓްވޯކްގެ ތެރެއިން އިނގުރައިދޫ އަށް ގެންދާ މަސްތުވާތަކެތި ރައްކާކޮށް ވިއްކުމުގައި އެހީތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނީ އެރަށު ވަނީ އާއިޝާތު އިލްހާމާ (26އ) އެވެ. އަދި މި މައްސަލައާ ގުޅިގެން އެރަށުން އިތުރު ފިރިހެނަކުވެސް ހައްޔަރުކުރިއެވެ. އެއީ މުހައްމަދު ޖަޒްލާން (24އ)

ޖަޒްލާން ހައްޔަރު ކުރީ އަހުމަދު އާލިމް އާއި އައިޝަތު އިލްހާމާ ރ އިނގުރައިދޫއަށް އެތެރެކުރާ މަސްތުވާތަކެތި ވިއްކުމުގައި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު – ރައީސް ނަޝީދު

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ...

ނަޝީދު ވަކިކުރުން: ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާއާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ...

މިއަދު ހުޅުދޫއާއި މީދުން 10 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 10 މީހަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ...