ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި މިއަދު ވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުން

އައްޑޫސިޓީ ހިތަދޫ ކޯއްޓޭ ސަރަޙައްދަށް މޫދަށް އެރި އުޅެނިކޮށް އިއްޔެ ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން މިއަދު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުގައި އޮންނަ މޫދުގެ އޮއިވަރު ބާރު ސަރަހައްދަށް އެރިއުޅެނިކޮށް ގެއްލުނު ތިން ކުދިން ގެއްލުނުކަމުގެ މަޢުލޫމާތު އިއްޔެ މެންދުރު 12:15 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެކުދިން ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. އަދި އެކުދިން ހޯދުމަށް ސިފައިންނާއި ރައްޔިތުން ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން އެއް ކުއްޖަކު އިއްޔެ ވަނީ ފެނިފައެވެ. މިހާތަނަށް ފެނުނު ހަމައެކަނި ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

އަނެއް ދެ ކުދިން ހޯދުމަށް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގައި ރެއާ ހަމައަށް ހިތަދޫގެ ފުއްޓަރު ފަރާތާއި އެ ސަރަޙައްދުގައި، ވައިގެ މަގުންނާއި ކަނޑުމަގުން ގާތްގަނޑަކަށް 3 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ. މީގެ އިތުރުން، އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން، އެ ދެކުދިން ހޯދުމުގެ މަސައްކަތް އިއްޔެ އާއި މިއަދު ވެސް ދަނީ ކުރަމުންނެވެ. އަދި، އެމްއެންޑީއެފް ފާސްޓް އިންޓަރސެޕްޓް ކްރާފްޓްގައި، ނައިޓް ވިޝަން ބޭނުންކޮށްގެން އެކުދިން ހޯދުމުގެ މަސައްކަތް ރޭ ވަނީ ކޮށްފައެވެ. ގެއްލުނު ދެ ކުދިން ހޯދުމުގެ ގޮތުން، އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވައިގެ މަގުން އިއްޔެއިން ފެށިގެން ބަލަމުންދާއިރު، މިއަދު ހެނދުނު 07:00 އިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކުން އެސަރަހައްދުގައި ކަނޑުމަގުން ދަނީ ހަރަކާތްތެރިވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަސްރަނި ނެޓްބޯޅަ ޗެލެންޖް : ފުރަތަމަމެޗް ކްލަބް އެމްޓީސީސީ ކާމިޔާބުކޮށްފި

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް ނަމުގައި ހުޅުދޫގައި އިއްޔެ ފެށި ނެޓްބޯޅަ މުބާރާތުގެ ފުރަތަމަމެޗް ކްލަބް އެމްޓީސީސީ ކާމިޔާބުކޮށްފިއެވެ. ...

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މިރޭ އިރުއޮއްސި 6:24ގައި ނިޔާވީ ޢުމުރުން ...

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހު މުހިއްމު ގިނަ މަސައްކަތްތަކެއް ފަށްޓަވަން ނިންމަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި މުހިއްމު ގިނަ ...