ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވެއްޖެ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ސ. ހިތަދޫ ޖަނަވަރީމާގޭ އަހްމަދު ނުއުމާން މިއަދު އަވަހާރަވެއްޖެއެވެ.

އަހްމަދު ނުއުމާން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 11ޑިސެމްބަރު  2018 ގައެވެ. ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރައްވަން އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށް މައުލޫމާތުލިބިފައިވެއެވެ.

އަދި ކިޑްނީގެ އާލާސްކަންފުޅަށް ފަރުވާ ހޯދުމަށް ނުއުމާން އިންޑިއާގައި އުޅުއްވާތާ އަށެއްކަ މަސްވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ނުއުމާން އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީގެ ރައީސް އެވެ.

ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އެ ތަންތަނުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވެސް ނުއުމާން މަސައްކަތް ކުރެއްވި އެވެ.

ނުއުމާން އަވަހާރަވިއިރު، ދެ ފިރިހެން ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަހުންނެވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފި

2 ވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ...

ސީދާ ތިންސެޓުން މީދޫޓީމް ބަލިކޮށް ފޭދޫ ފާހި ޗެމްޕިއަންކަން ހޯދައިފި

މިއަދު ހަވީރު މަރަދޫ ފޭދޫގައި ކުޅެވުނު އައިވީ މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ފާހި ސްޕޯޓްސް ކްލަބް ...

އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތް ކުރާނަން-އަސްލަމް

ޝައްކެއް އުފެދޭ ވަރުގެ އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށާ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެކަމަށް އެމްޑީޕީގެ ...