އޮމިކްރޮން ވޭރިއަންޓުން ދިފާއުވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް އިލްތިމާސްކުރައްވައިފި

ކޮވިޑް19ގެ އައު ވޭރިއަންޓު އޮމިކްރޮން އިން ދިފާއުވުމަށްޓަކައި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު މުޅި ރާއްޖޭގައި ވެސް ބޫސްޓާ ޑޯޒް ޖަހަން ވަނީ ފަށައިފައެވެ. އެގޮތުން 18 އަހަރުން މަތީގެ އެންމެންނަށް މި ޕްރޮގްރާމުގެ ތެރެއިން ބޫސްޓާ ޑޯޒް ޖަހައި ދޭނެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އޮމިކްރޮން ވޭރިއަންޓުން ދިފާއުވުމަށް މުޖުތަމައުގެ އެންމެން ވެސް އެމީހުން ޖަހާފައިވާ ވެކްސިން ބޫސްޓު ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ބޫސްޓާ ޑޯޒް ޖެހުން މިއަދު އާއްމުކޮށް ފަށާފައިވާއިރު ރައީސް ވަނީ ދެވަނަ ޑޯޒް ޖެހިތާ ހަމަސް ވެފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް19 ބޫސްޓާ ޑޯޒް ޖަހަން ފަށާފައި މިވަނީ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން މިއަދު ޖަހަން ފަށާނެ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި  ތިރީގައިވާ ލިންކުން ވަދެ އެޕޮއިންޓް ހެދޭނެއެވެ.

mv.gov.hpa.book

މިހާރު ވެސް ރާއްޖޭގައި ބޫސްޓާ ޑޯޒް ޖަހަމުނެ ގެންދެއެވެ. ނަމަވެސް މިއަދާއި ހަމައަށް ބޫސްޓާ ޑޯޒް ދެމުން ގެންދިޔައީ ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށެވެ. މީގެތެރޭގައި 60 އަހަރުން މަތީގެ މީހުންވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން 29،089 މީހުން ވަނީ ކޮވިޑް ބޫސްޓާ ޑޯޒް ޖަހައިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖުމްލަ 36 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއިއެކު ވޯޓު ...

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް : ރާއްޖެ ކަޓައިފި

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަަޓައިފިއެވެ. ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މިމުބާރާތުން ރާއްޖެ ކެޓީ ...

ޕީއެންސީގެ ލީޑާޝިޕްގެ ޓީމެއް ހުޅުމީދޫއަށް

ޕީއެންސީގެ ލީޑަރ ޝިޕްގައި ހިމެނޭ ބޭފުޅުންގެ ޓީމެއް މިއަދު ހުޅުމީދުއަށް ޒިޔާރަތްކޮށްފިއެވެ. ހުޅުމީދުއަށް މިއަދު ވަޑައިގެންނެވި ޕީއެންސީގެ ޓީމްގައި ...