ލޯންޗް އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފަ އޮއްވަ ފެނިއްޖެ

ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އޭގެން އެއް ލޯންޗުގެ ކެޕްޓަން އެވެ. އެއީ ދ. ކުޑަހުވަދޫ އަހުމަދު މުހައްމަދެވެ.

އެމްއެންޑީއެފުން ބުނީ އަހުމަދު ފެނުނީ 45 މީޓަރު އަޑީގައި އޮއްވައި، ކޯސްޓް ގާޑުގެ ޑައިވަރުންނަށް ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މާލެ ގެނެސް މިހާރު ވަނީ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. އޭނާ ފެނުނު ތަނުން ލޯންޗުގެ ހުންގާނުވެސް ފެނިފަ ވެއެވެ.

އޭނާ މަރުވެފަ އޮއްވަ ފެނިފައި މިވަނީ ގެއްލިގެން ހޯދަމުންދާތާ 12 ގަޑި އިރު ފަހުންނެވެ.

މިހާދިސާގައި އަނިޔާވި ބިދޭސީ އަކު ރޭ މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ މަރުވެފައި އެއީ އެއީ ލޯންޗުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝް ރައްޔިތެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވެގެން އިތުރު ހަތަރު މީހަކަށްވެސް ހޮސްޕިޓަލްގައި ފަރުވާދީފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ފުރަބަންދު ކޮށްފި- ބޭރުގައި އުޅުމަށް ޚާއްސަ ފާހެއް ދޫކުރަނީ

އައްޑޫ ސިޓީ ހިތަދޫގައި ކޯވިޑް 19 ގެ ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހިތަދޫ ފުރަބަންދު ކުރަން ...

ސްޕެނިޝް ލަލީގާ- ބޭނުމީ މިރޭގެ މެޗުން މޮޅުވެ މިކަން ނިންމާލުން- ޒިދާން

ސްޕެނިޝް ލަލީގާގައި މިރޭ ވިލަރެއާލްއާއި ދެކޮޅަށް ނިކުންނައިރު އެންމެބޮޑު ވިސްނުމެއް ހުރީ މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ހޯދުންކަމަށް ...

އެއިމްސް ކްލިނިކަށް ފެންވަދެ ގެއްލުންތަކެއް ލިބުމުން މިއަދު ކްލިނިކު ބަންދުކޮށްފި

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާއިގުޅިގެން ފޭދޫ އެއިމްސް ކްލިނިކަށްވެސް ފެންވަދެ ގެއްލުން ތަކެއް ލިބުމާއިގުޅިގެން މިއަދު ( 14 ...