އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 29 މީހުން ޕޮޒިޓިވްވެއްޖެ

advertisement

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 29 މީހުން ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި ހަޔަކުން އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 168 ސާމްޕަލްގެ ތެރެއިން 29 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 17 މީހަކާއި ހުޅުދުން ޕޮޒިޓިވްވި 4 މީހުންނާއި މީދުން ޕޮޒިޓިވްވި 2 މީހުންގެ  އިތުރަށް މަރަދޫފޭދުން ޕޮޒިޓިވްވި 4 މީހުންނާއި ފޭދުދުން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 3130 މީހުންގެ ތެރެއިން 2958 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 159 މީހަކު ހިމެނޭކަމަށްވެސް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.


އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް އުޅެނީ ހިތަދޫގައެވެ . އެގޮތުން ހިތަދޫގައި ކޮވިޑްގެ 94 ކޭސް އުޅޭއިރު، މަރަދޫގައި 6 ކޭސް، ފޭދޫގައި 12 ކޭސް، މަރަދޫފޭދޫގައި 06 ކޭސް އަދި މީދޫގައި 23 ކޭސް ، ހުޅުދޫގައި 15 ކޭސް އުޅޭކަމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.

ކޮވިޑްގެ ކޭސްކަތާ ގުޅިގެން މީދުން 12 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު ހުޅުދުންވެސް ވަނީ 12 ގެއެއް ކަރަންޓީނު ކުރެވިފައެވެ.  

ތަފާތު ކުލަސްޓާތަކެއް އުފެދި މި ވަގުތު ހުޅުދޫއާއި މީދޫގައި  ބަލި ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި ނުފެތުރޭނެހެން އުޅުމަކީ އެންމެ ރައްކާތެރިގޮތެވެ.

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

އަދި ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ސީރިއަސްވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެނީ

ކުޑަ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ހާލު ސީރިއަސް ވުމުން، ކުޅުދުއްފުށީ ރީޖަނަލް ...

ޝަމްސުއްދީން ސްކޫލުގައި ބޭއްވި ކެޑޭޓް ކޭމްޕު ނިންމާލައިފި

ޝަމްސުއްދީން ސްކޫލްގެ 3 ވަނަ ކެޑޭޓް ކޭމްޕު ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. ޝަމްސުއްދީން ސްކޫލް ހޯލުގައި ...

ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި

  އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް  ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ ...