ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ހުށަހަޅައިފި

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެވޭގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހަޅައިފި އެވެ.

“އިލެކްޓޯރަލް ފޮލޯއަޕް މިޝަން” އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގަ އީޔޫއިން ބުނެފައި ވަނީ،ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކު ކުރުމަށްވެސް އީޔޫ އިން ދިވެހި ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އީޔޫއިން ޖުމްލަ 29 ކަމެއް ހުށަހަޅާފައި ވާއިރު، އޭގެތެރޭގައި 22 ކަމެއް ހުށަހަޅާފައިވަނީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަ އިސްލާހުގެ ގޮތުގައެވެ.

އަދި ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ އީޔޫގެ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، މިދިޔަ މަހުގެ ތެރޭގައި ފާސްކުރި ގަރާރުގައި ވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އަލުން އުޅޭތީ އެކަމާ އީޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތިނަދޫ މުދިމެއްގެ މެޔަށް ދަގަނޑެއް ހެރިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

ގދ. ތިނަދޫ މަސްޖިދުލް ޢަލީގެ މުދިމް އަހުމަދު ޝާތިރުގެ މެޔަށް ދަގަނޑެއް ހެރިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ...

ނައިބު ރައީސް ފައިސަލް އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ

އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ފައިސަލް ނަސީމް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ...

މިއީ ރައްޔިތުންނަށް ކޮށްދޭ، ރައްޔިތުންގެ ވެރިކަމެއް: ރައީސް

މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ...