ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު މަރުވެ އެކަކު ގެއްލިގެން ހޯދަނީ

ކ ގުޅީ ބޭރުން ދެ ލޯންޗް ޖެހި ހިނގި ނުރައްކާތެރި  އެކްސިޑެންޓުގައި ބިދޭސީއަކު ނިޔާވެ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މަރުވި ބިދޭސީމީހާ މަރުވެފައިވަނީ މާލެގެންގޮސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުންދަނީ އެކްސިޑެންޓުވީ ދެ ލޯންޗުގެ ތެރެއިން ލޯންޗެއްގެ ކައްޕިއެވެ

އެމްއެންޑީއެފުންބުނީ ކ ގުޅީގެ ހަ މޭލު ބޭރުން ދެ ލޯންޗްޖެހި އެކްސިޑެންޓް ވުމާއި ގުޅިގެން އެމްއެމެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން ގެންދާ ކަމުގައެވެ.

އެކްސިޑެންޓް ވެފައިވަނީ އިތާފުށި 3 އަދި އިތާފުށި 5 ނަމަކަށް ކިޔާ ދެލޯންޗު ޖެހިގެން ކަމަށްވެސް އެމްއެންޑީއެފުންބުނެއެވެ. ނަމަވެސް އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލް އަދި ނުލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށް އަނެއްކާވެސް ގެއްލުންދީފި

އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ...

ވީމީޑިއާ ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް މުވައްޒަފުންނަށް އަންގައިފި

އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (އައިބީސީ) ގެ ދަށުން ހިންގާ ވީމީޑިއާގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެ ...