އިތުރުވަގުތުގެ ފަހު މިނިޓްގައި ޖެހިގޯލުން ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން ސްކޫލް ކުރި ހޯދައިފި

މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހި ގޯލަކުން ހިތަދޫ ޝަރަފުއްދީން ސްކޫލުން ފޭދޫ ސްކޫލްގެޓީމް ބަލިކޮށްފިއެވެ.

މިހާރު ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މިމެޗްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޝަރަފުއްދީން ސްކޫލްޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހުމިނިޓްގައި ( 72 ވަނަ މިނިޓްގައި ) ކާމިޔާބުކޮށްދިނީ ޝަރަފުއްދީން ސްކޫލްގެ ހުސެން އަމާން ޒުހައިރެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގައި 5 ޓީމް ބައިވެރިވެފައިވާއިރު މިއުމުރު ފުރާގައި މިހާތަނަށް ކުޅެވިފައިވަނީ 3 މެޗެވެ.

މިގޮތުން ޝަރަފުއްދީން ސްކޫލްގެ ޓީމަށް ދެމެޗު ކުޅެން 4 ޕޮއިންޓް ލިބިފައިވާއިރު 1 މެޗުން އިރުޝާދިއްޔާ ސްކޫލަށް 3 ޕޮއިންޓް ލިބިފައިވެއެވެ. އަދި އެއްމެޗުން އަތޮޅުމަރަދުސާޓީމަށް 1 ޕޮއިންޓް ލިބިފައިވާއިރު ހިތަދޫ ސްކޫލްގެ ޓީމަށާ ފޭދޫ ސްކޫލްގެ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ސްކޫލްގެ މައްޗަށް ޝަމްސުއްދީން ސްކޫލް ކުރިހޯދައިފި

އެކުވެރިކަމުގެ މެޗެއްގައި   މީދޫ ޝަމްސުއްދީން ސްކޫލް އިން ހުޅުދޫ ސްކޫލްގެ މައްޗަށް 6-3 އިން ކުރިހޯދައިފި އެވެ. އައްޑޫ ...

ސެނެގާލް ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ ބުރުގައި ރޭ ސެނެގާލް އަތުން 3-0 އިން މޮޅުވެ ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް- ހުޅުދޫއެފްސީއާއި މައިލޯސިޓީ މޮޅުވިއިރު ޖަންޓާ ގަރާޖާއި އެސްކޭޕީ ޔުނައިޓެޑްއެއްވަރު

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ފުރަތަމެޗް ނިމުނީ ދެޓީމް އެއްވަރުވެގެންނެވެ. ރޭ ކުޅެވުނު ...