ހުޅުދޫ ސްކޫލްގެ މައްޗަށް ޝަމްސުއްދީން ސްކޫލް ކުރިހޯދައިފި

އެކުވެރިކަމުގެ މެޗެއްގައި   މީދޫ ޝަމްސުއްދީން ސްކޫލް އިން ހުޅުދޫ ސްކޫލްގެ މައްޗަށް 6-3 އިން ކުރިހޯދައިފި އެވެ.

އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ހުޅުދޫ ސްކޫލްގެ 14 އަހަރުންދަށުގެޓީމާއި މީދޫ ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެޓީމްގެ ދެމެދުގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި  ފުރަތަމަ ލަނޑު ޖެހީ ހުޅުދޫ ސްކޫލްގެ ޓީމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރީން ޝަމްސުއްދީން ސްކޫލްގެ ޓީމުންވަނީ 3 ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދާފައެވެ.

ފަހު ހާފު ހާފުގެ  ކުޅުން ފަށައިގެން ކުރީކޮޅު ޝަމްސުއްދީން ސްކޫލްޓީމުން އެޓީމުގެ 4 ވަނަލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-1 ބަދަލުކުރިއެެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން ހުޅުދޫ ސްކޫލްޓީމުން  އެޓީމުގެ 2 ލަނޑާއި 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-3 އަށް ބަދަލުކުރިއެވެ.

އެހެންނަމަވެސް ޝަމްސުއްދީން ސްކޫލްޓީމުން ވަނީ ފަހުހާފް ނިމުމުގެ ކުރީން ވަރަށް ކައިރި ކައިރީގައި އިތުރު 3 ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 6-3 އަށް ބަދަލުކޮށްލާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕްރެސް ކަޓުވާލުމުން ދަގަނޑޭ ގައުމީ ޓީމުން ބާކީކޮށްފި

އޭއެފްސީ ކަޕުގައި މާދަމާ ދިވެހި ރާއްޖެ އަމިއްލަ ދަނޑުގައި ބޫޓާނާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރެސްއަށް ...

ކޮލީގެ ޖާދުލާއެކު ޖިއޯވެންޓް ކަޓުވާލާ ލޮތާރި މިނިވަން ކަޕްގެ ފައިނަލަށް !

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށްދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ފުރަތަމަ ...

ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިންނާ ކްރޮއޭޝިއާ ފައިނަލަށް

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ކްރޮއޭޝިޔާއާއި ސްޕެއިންއި ޖާގަ ހޯދައިފިއެވެ. ކްރޮއޭޝިއާ ފައިނަލަށް ދަތުރުކުރީ ނެދަލެންޑްސް ބަލިކޮށްގެންނެވެ. މިޗްގެ ...