އިތުރުވަގުތުގެ ފަހު މިނިޓްގައި ޖެހިގޯލުން ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން ސްކޫލް ކުރި ހޯދައިފި

މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހި ގޯލަކުން ހިތަދޫ ޝަރަފުއްދީން ސްކޫލުން ފޭދޫ ސްކޫލްގެޓީމް ބަލިކޮށްފިއެވެ.

މިހާރު ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މިމެޗްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޝަރަފުއްދީން ސްކޫލްޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހުމިނިޓްގައި ( 72 ވަނަ މިނިޓްގައި ) ކާމިޔާބުކޮށްދިނީ ޝަރަފުއްދީން ސްކޫލްގެ ހުސެން އަމާން ޒުހައިރެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގައި 5 ޓީމް ބައިވެރިވެފައިވާއިރު މިއުމުރު ފުރާގައި މިހާތަނަށް ކުޅެވިފައިވަނީ 3 މެޗެވެ.

މިގޮތުން ޝަރަފުއްދީން ސްކޫލްގެ ޓީމަށް ދެމެޗު ކުޅެން 4 ޕޮއިންޓް ލިބިފައިވާއިރު 1 މެޗުން އިރުޝާދިއްޔާ ސްކޫލަށް 3 ޕޮއިންޓް ލިބިފައިވެއެވެ. އަދި އެއްމެޗުން އަތޮޅުމަރަދުސާޓީމަށް 1 ޕޮއިންޓް ލިބިފައިވާއިރު ހިތަދޫ ސްކޫލްގެ ޓީމަށާ ފޭދޫ ސްކޫލްގެ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ފީފާ ވޯލްޑްކަޕުގެ ދެވަނަ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ ސެމީ ފައިނަލަށް ...

އުންމީދުތަކަކާ އެކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ިއިއްޔެ ފަށައިފި އެވެ. އެޑިއުކޭޝަން ...

ސްޕެނިޝް ލީގު: ބާސާއަށް ފަސޭހަ މޮޅެއް  

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ  ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ބާސާއިން އަމިއްލަ ދަނޑުގައި ރެއާލް ...