ސެނެގާލް ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ ބުރުގައި ރޭ ސެނެގާލް އަތުން 3-0 އިން މޮޅުވެ އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ. އަންނަ ހޮނިހިރުދުވަހުގެ ކްއާޓާ ފައިނަލްގައި އިންގްލެންޑާއި ބައްދަލުކުރާ ފްރާންސަކީ މި މުބާރާތުގައި އެންމެ މޮޅު ކުޅުން ދައްކާ އެއް ޓީމެވެ . މީގެ ކުރިން އިންގްލެންޑާއި ފްރާންސް ކްއާޓާ ފައިނަލްގައި ބައްދަލުވެފައެއް ނެތެވެ.

އިންގްލެންޑާއި ސެނެގޯލް ބައްދަލުކުރި މެޗުގައި އިންގްލެންޑް ޓީމުން ލީޑު ނެގީ 39 ވަނަ މިނިޓުގައި ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތަކުން، ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ޖެހި ލަނޑުންނެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، އިންގްލެންޑް އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ކޭން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މިމެޗުގެ 57 ވަނަ މިނިޓުގައި ފިލް ފޯޑަން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ވައްދާލައިގެން އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖެހީ ބުކާޔޯ ސާކާ އެވެ.

މެޗަށް ފަހު އިންގްލޭންޑްގެ ކޯޗް ސައުތުގޭޓް ބުނީ ސެނެގޯލް މެޗުގައި އެޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފްރާންސްއާ ދެކޮޅަށް ކުޅުމަކީ އިންގްލެންޑް ކުރިމަތިލާން ޖެހޭ “ވަރުގަދަ ޗެލެންޖެއް” ކަމަށެވެ.

“އެކަމަކު ފާއިތުވި އަހަރުތަކުގައި އިންގްލެންޑް އިން ހޯދި ތަޖުރިބާތަކާއެކު، ޓީމުގެ ކޮންފިޑަންސް އޮތީ ވަރަށް ރަނގަޅުވެފައި،” ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް މީގެ ކުރީން ވޯލްޑްކަޕްގެ ކުއާޓާފައިނަލްގައި ކުޅުނުގެ ތަފްސީލް

1954: އުރުގުއޭ އަތުން 3-1 އިން ބަލި

1962: ބްރެޒިލް އަތުން 3-1 އިން ބަލި

1966: އާޖެންޓީނާ އަތުން 1-0 އިން މޮޅު

1970: ވެސްޓް ޖަރުމަން އަތުން 3-2 އިން ބަލި

1986: އާޖެންޓީނާ އަތުން 2-1 އިން ބަލި

1990: ކެމެރޫން އަތުން 3-2 އިން މޮޅު

2002: ބްރެޒިލް އަތުން 2-1 އިން ބަލި

2006: ޕޯޗުގަލް އަތުން 3-1 އިން ބަލި (ޕެނެލްޓީ)

2018: ސްވިޑުން އަތުން 2-0 އިން މޮޅު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން އެންމެ 18 އަހަރުގެ ރަޑުކާނޫގެ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

އިގިރޭސި ވިލާތުގެ އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ  ޔޫއެސް އޯޕަންސް ކާމިޔާބުކޮށްފިއެވެ. ރަޑުކާނޫ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިގުޅިގެން ...

ޔުނައިޓެޑް ބަލިކޮށް ނޮޓިންހަމް ފޮރެސްޓު 15 ވަނައަށް

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ނޮޓިންހަމް ...

އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތް: ސިއްހީމަރުކަޒު ބަލިވުމުން ގްރޫޕް ބީގެ އެއްވަނަ ޓީމެއްގެ ގޮތުގައި މިފްކޯ ސެމީފައިނަލަށް ހޮވިއްޖެ

އައްޑޫ ރަސްރަނި ނެޓްބޯޅަ  މުބާރާތުގައި ފުރަތަމަ މެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސިއްހީމަރުކަޒު ޓީމް ހުޅުދޫ ޔޫތު ...