ޒުވާނުންނަށް ރާއްޖޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ނަޝީދު މިހެން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު  އޯޑިއޯ މެސެޖް އަކާއި އެކު ކުރި ޓުވީޓް އެއްގައިއެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި އުޅެން ދަތިވެއްޖެ ކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

“ކިތަންމެ ޒުވާނެއްގެ ދިރިއުޅުން ވަރަށް އުނދަގޫވެއްޖެ. ރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ. ޒުވާނުންނަށް ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މީހަކު އެދޭ ގޮތަށް އެ މީހެއްގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެވެން ޖެހޭނެ ކަމަށާއި ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު ރާއްޖޭގައި އުޅެވެންޖެހޭނެ ކަމަށެވެ.

“ބުރުގާ އެޅި ކުދިންނަށް ވެސް، އަދި ބުރުނާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު އުޅެވޭނެ ރާއްޖެއެއް ހޯދުން،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ސިޔާސީ ލީޑަރުން ފަހަތަށް ޖެހިވަޑައިގެން ނުވާނެ ކަމަށެވެ.

“މުނިފޫހިފިލުވުމާއި އުފަލުގައި މަޖާކުރުމާއި އުޅުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެ. އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ރާއްޖޭގެ ސިޔާސ ލީޑަރުން ފަހަށް ޖެހިވަޑައިގެން ނުވާނެ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

މަދުރަސީ ތައުލީމު ނިންމައި ކައިވެނިކޮށްގެން ދަރިއަކު ހޯދާފައިވާ ޒުވާނެއްގެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޒަމާނީ ފެޝަނަށް ލޯބިކުރާ އެ ޒުވާނާ އާމްދަނީ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރި ނަމަވެސް، އޭނާއަށް ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

” އޭނަ ހުރީ ވަޒީފާއެއްގައި ދަރިއެއްވެސް އެބަ ހުރި , އޭނަ ހުރީ ނަލަކޮށް ހެދިފައި އެންމެ ޒަމާނީ ފެޝަންގައި ,އޭނާ އަކީ ގަދަޔަށް މައްސަކަތް ކުރާ ކުއްޖެއް , އޭނާ އަކީ ޒުވާނެއް ކުޅޭ ކަސްރަތު ކުރާ ކުއްޖެއް, މަޖާކޮށް ލަވަ އަޑު އަހާ ބައެއް ފަހަރު ޑިސްކޯ އަށް ދާން ބޭނުންވާ ކުއްޖެއް ” ނަޝީދު ވިދާޅުވިއެވެ.

ނަޝީދަކީ އޭނާގެ ވެރިކަމުގައި ޒުވާނުން ބާރުވެރިކުރުވުމުގެ ނަމުގައި ދެކޮޅު ނުޖެހޭ އެތަކެއް ވާހަކަ ތަކެއް ދެއްކެއްވި ބޭފުޅެކެވެ. ކުރިން މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަޝީދު ބުނެފައިވަނީ، “ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެން ޖެހޭނެ،” ކަމަށާއި “އަޅުގަނޑުމެން މި ވިއުގަ އަދި ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާއިރުގައި، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތްތަކެއް އެބަހުރޭ. އެއީ، އެ ކުދިންނާ އަޅާލަން ޖެހޭނެ” ކަމަށެވެ.

“ހަކުރުން އެއްކައިރިކޮށް ދެން އެހެން ކޮންމެ އެއްޗެއް ބުއި ނަމަވެސް، މި ސަލާމަތް ކުރެވޭތޯ ބެލުމަކީ މީގައި ކޮންމެވެސް ކަހަލަ މިންގަނޑެއް ގޮތުގައި ބެހެއްޓުމަކީ މުހިންމުކަމެއް. އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ހީވަނީ ދޮންމީހުން ވެއްޖެއްޔާ ބޯނޭ. އެމީހުން އުޅޭގޮތަށް އުޅެގެންނުވާނޭ. އަޅުގަނޑުގެ އިލްތިމާސަކީ ދޮންމީހުން އުޅޭގޮތަށް އުޅެއްޖެއްޔާ އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނޭ” ނަޝީދު ރައީސް ކަމަށް އިންތިޚާބު ކުރުމުގެ ކުރިން ހަކުރު ބުއިމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

“އެންމެނަކު ކޮންމެހެން އަބަދުގައި ހަމާގައި ތިބޭކަށް އެދި ދާނެކަމަށް އަޅުގަނޑުމެން ހަމައިގައި ތިބޭ މީހުން ދެކޭނިކަމަކު ނެތޭ. އެންމެނަކު އަބަދަކު ހަމައިގައިތިބެން އެންމެން ބޭނުން ނުވެދާނެ. އެހެންވީމާ ކޮންމެސް އެއްބަޔަކު އަބަދުވެސް ހަމަ ބުއްދިން ނެއްޓޭ ގަޑި ގަޑި ، ނެއްޓޭ އިރު އިރު އަންނާނެކަމަށް އަޅުގަނޑުމެން ދެކެންޖެހޭނޭ. ހަމައިން ނެއްޓޭން ބޭނުންވާ މީހާ އެކާން ކުރާންއޮށް ހަމައެކަނި ވަސީލަތަކީ ހަކުރައްވީމާ، ދެން ހަކުރު ގިނަވެއެވެ.” ކުރީގެ ރައީސް، ރައީސްކަމުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ހަކުރު ނުވަތަ މަސްތުވުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިވެއެވެ.

ނޯޓް: މަތީގައިވާ ލިއުމަކީ އޮންލައިންނޫސް ” ހަފްތާ” ގައި ޝާއިއުކޮށްފައިވާ ލިއުމެއް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީން އިސްތިއުފާ ނުދޭނެ ކަމަށް ކޮންޓޭ ބުނެފި

ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ...

ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...

މީދޫ ދާއިރާގެ ގޮނޑި ރޮޒައިނާ ދިފާއުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑި މީދޫ ...