ސިޓީ 2 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެން ސިޓީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދައިފި

މެންޗެސްޓަރ ސިޓީ 2 ލަނޑު 0 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުންއަރާ 3 ލަނޑު ޖަހައިގެން މެންޗެސްޓަރ ސިޓީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބު ހޯދައިފިއެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅެވުނު މި މެޗުގެ 25 ވަނަ މިނެޓްގައި ސިޓީގެ ވިންސެންޓް ކޮމްޕެނީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގުންޑޮގާންއެވެ.

ފުރަތަމަ ހާފް ނިމުނުއިރު 2  ލަނޑު 0 ލަނޑުން  ދެރަވެފައިއޮތުމުން ދެވަނަ ހާފްގެ ކުޅުން ޔުނައިޓެޑުން ފަށާފައިވަނީ ވަރަށް ބޮޑުތަން ރަނގަޅު ކޮށްގެންނެވެ.

މިގޮތުން 53 ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނެވެ. އަދި  އޭގެ ދެ މިނެޓްފަހުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ޕޮގްބާއެވެ.

މިމެޗްގައި ޔުނައިޓެޑުން ކާމިޔާބުކޮށްފައިވާ 3 ވަނަ ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ  ކްރިސް ސްމޯލިންއެވެ.

މިރޭގެ މެޗުން ސިޓީ ބަލިވިއިރު މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ސިޓީގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމު ލީގުގައި ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި އެންމެފަހުން ސިޓީ އަމިއްލަ ދަނޑުގައި ކުޅެ ބަލިވީ ޗެލްސީ އަތުންނެވެ.

ލީގު ހޯދުމަށް ސިޓީ އަށް ހަ ޕޮއިންޓު ބޭނުންވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާއަށް ފުރިހަމަ ފޯމުގައި ވޯލްޑް ކަޕަށް ތައްޔާރުވެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

ފްރާންސް ލީގުގައި މާސޭއާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގައި ފަޔަށް ލިބުނު އަނިޔާ ރަނގަޅު ކުރުމަށް ޕީއެސްޖީގެ ތަރި ...

ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

ބާރަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ...

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފި

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ. ރެއާލްމެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަންހޯދީ ރޭ ކުޅެވުނު  ފައިނަލުގައި ...