މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.

ކާޑުގެ އަގު ހެޔޮކުރަން ނިންމިކަން އިއުލާންކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. ޝަހީރު ބުނީ އަގު ހެޔޮކުރަން ނިންމީ އިކޮނޮމިކް މިނިސްޓްރީން ކާޑުގެ އަގުތައް ހެޔޮކުރުމަށް ނިންމުމާ ގުޅިގެންކަމަށެވެ.

ޝަހީރު ވިދާޅުވީ ކާޑުގެ އަގު ކުޑަކުރީ 2016 ވަނަ އަހަރު ކާޑަށް ދެމުން އައި ސަބްސިޑީ ކުޑަކުރުމުގެ ކުރިން ހުރި އަގަށް ކަމަށެވެ.

ސަބްސިޑީ ކުޑަކުރުމާ ގުޅިގެން ކާޑުގެ އަގުތައް ހުރީ ހަކުރު ކިލޯއެއް 6.80 ރުފިޔާއަށް، ހަނޑޫ ކިލޯއެއް 6.76 ރުފިޔާޢަށް އަދި ފުށް ކިލޯއެއް 5.26 ރުފިޔާއަށެވެ.

އެހެން ނަމަވެސް ސަރުކާރުން އަގަށް މިއަދު ގެނައި ބަދަލާ އެކު، މާދަމާއިން ފެށިގެން ކާޑު ވިއްކާނީ ހަކުރު ކިލޯއެއް 4.00 ރުފިޔާއަށް، ހަނޑޫ ކިލޯޢެއް 3.98 ރުފިޔާއަށް އަދި ފުށް ކިލޯޢެއް 2.98 ރުފިޔާއަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ 16 އޮކްޓޫބަރު 2016 ގައި ކާޑުގެ އަގުތައް ބޮޑުކުރުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުނު ކަމަށެވެ.

“މިއަދު އަގުތައް ހަމަޖެހިގެން ދިޔައީ އާންމު ރައްޔިތުންގެ ގިނަ ކޮންސާންތަކެއް ހުރީތީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެކަމާ ވިސްނަވައި، ރައީސް އޮފީހުން ނިންމި އަގުތަކަކަށް،” ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 850،000 ރުފިޔާ ޚަރަދުކުރާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވީ މިއަދު ކާޑުގެ އަގަށް ގެނައި ބަދަލުތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ހިފެހެއްޓޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން ބާޠިލްކޮށްފި

މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި  އައްޑޫ ސިޓީ ކައުންސިލުން، އެ ސިޓީގައި ވިޔަފާރި ކުރާ ...

ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކޮށް އަލުން ހުޅުވަނީ

އައްޑޫ ސިޓީ ގަމުގެ ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކޮށް އަލުން ހުޅުވަން ނިންމައިފިއެވެ. އެގޮތުން ދޫގަސް ތަރައްޤީކުރުމަށް ...

ދިރާގު ފައިބަރ ކަނެކްޝަނާއި ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ދިރާގު ފައިބަރ ކަނެކްޝަން އާއި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ. ދިރާގުން ބުނި ...