ސަރުކާރުގެ އަމާޒަކީ، އަދި ޤައުމީ ތަރައްޤީ ވަޒަންކުރާ މިންގަނޑަކީ، ރައްޔިތުންގެ އުފަލާއި ހިތްހަމަޖެހުންކަން ގަބޫލުކޮށްގެން، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް މަސައްކަތް ކުރުންކަމުގައި މިއަހަރުގެ (2018) ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ވޭތުވެދިޔަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު ކުރިއަށް ގެންދިޔުމަށާއި، ރައްޔިތުންނަށް ބުރައާއި ތަކުލީފު އުފުލަންޖެހިފައިވާ ކަންކަމަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް، އެއިރެއްގެ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި، ސާފު ބޯފެނާއި، ނަރުދަމާއާއި، އެކަށީގެންވާ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ސިއްޚީ ނިޒާމު ހިމެނެއެވެ.

އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން މި ހުރިހާކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މީގެ ތެރެއިން ބައެއް ކަންކަމަކީ ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނޭ ކަންކަމެވެ.

އެގޮތުން ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ އައިޖީއެމް ހޮސްޕިޓަލްގެ އާ އިމާރާތުގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ “ދަރުމަވަންތަ ހޮސްޕިޓަލް” ވެގެން ދާނީ ސިއްޚީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ ފަދަ ތަނަކަށެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދިވެހިން ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ރާއްޖޭގައި ތިބެގެން، ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ލިބޭނެގޮތް ފަހިކޮށްދިނުމަށްޓަކައި ސިއްޙީ ދާއިރާއަށް ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ހިންގާ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ރައީސް ޔާމީން މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައި ވާއިރު، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ވަނީ ނިންމާލާފައެވެ.

ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏާ ހަވާލުކޮށްގެން މި ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، މި ކުންފުންޏާއެކީގައި ދަރުމަވަންތަ ހޮސްޕިޓަލް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އައިޖީއެމްއެޗް ކުރިމަތީގައި އޮންނަ ހުސްބިމުގައި ޑަޔަގޮނަސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އާ އިމާރާތް ތަރައްގީ ކުރާއިރު، އެ ހޮސްޕިޓަލް ހުޅުވިގެން ދިއުމުން ބެޑް ކެޕޭސިޓީގެ އިތުރުން މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ކިއުގަ މަޑުކޮށްގެން ތިބެންޖެހޭ ތިބުމަށް ނިމުމެއް އަންނާނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން އައިޖީއެމްއެޗްގެ ޙިދުމަތްތައް އެތައް ގުނައަކަށް ފުޅާވެގެން ދާނެކަމަށް ލަފާކުރެވޭއިރު އައިޖީއެމްއެޗުން މަޢުލޫމާތު ދޭގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭންފެށުމުން އައިޖީއެމްއެޗްގެ ޙިދުމަތްތައް ތިން ގުއަނަށް އިތުރުވެގެންދާނެއެވެ.

އެކިއެކި ބޮޑެތި ބަލިތަކަށް ތަހުލީލުކުރުމުގެ ޚިދުމަތާއި، ޕްރީމިއަމް ހެލްތް ސަރވިސްގެ ޙިދުމަތް ތަޢާރަފް ކުރުމާއި، ސިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު ކޮންފަރެންސްތައް ބޭއްވޭނެ އިންތިޒާމް ދަރުމަވަންތަ ހޮސްޕިޓަލުގައި ހަމަޖެހިގެންދާނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ ބައެއްވެސް ހިމެނޭގޮތަށް ތަރައްގީ ކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގެ 80 އިންސައްތަ މިހާރު ނިމިފައި ވާއިރު، މިހޮސްޕިޓަލަށް 140 މިލިއަން ޑޮލަރު ނުވަތަ 2.1 ބިލިއަން ރުފިޔާ ހޭދަކުރެއެވެ.

މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުރިޔަށްގެންދާ 25 ބުރީގެ މި ހޮސްޕިޓަލަކީ ރާއްޖޭގެ ތާރީހުގައި ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ބޮޑު ހޮސްޕިޓަލަކަށް ވެގެންދާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައުޓް ޑޯ ޖިމް ހަދާ ރަށްތަކުގެ ތެރޭގައި މީދޫވެސް ހިމެނޭ

އިންޑިއާގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ހަމަޖެހުމާގުޅިގެން  އެރަށްތަކާއި ބެހޭ މަޢުލޫމާތު ޔޫތު ...

އަޅުގަޑުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް- ރައީސް ނަޝީދު

ކޮވިޑް 19 އާއިގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުންދާތީ އެކަމާ ކެތްތެރިކަން ކޮޅުންލާ ...

ޕީސީއާރާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށުގެ ލިސްޓު އެ ...