ދިރާގު ފައިބަރ ކަނެކްޝަން އާއި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި އެ ޕްރޮމޯޝަންގެ މުއްދަތު މިހާރު ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ރާއްޖޭގެ އެންމެ ހަލުވި ހޯމް އިންޓަނެޓް، ދިރާގު ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގައި ތިން މަސް ދުވަހަށް، މަހު ފީ އިން 25 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އޭގެ އިތުރުން ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އެ ހިދުމަތް އިންސްޓޯލްކޮށްދިނުމާއި ޖޯއިބޮކްސް ހިލޭ ލިބިގެންދާއިރު އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހޯމް ބްރޯޑްބޭންޑް ފައިބަރ ކަނެކްޝަން ހިލޭ ގުޅައިދޭ ޕްރޮމޯޝަން ދިރާގުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މާލޭ ސަރަހައްދު، މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ 17 އަށް ވުރެ ގިނަ ރަށުގައި ދިރާގުން ފައިބަރ ނެޓްވޯކް އަޅާފައިވާއިރު ދިރާގުން ބުނީ ފައިބަރ ޓް ދަ ހޯމް ކަނެކްޝަންގެ ދަށުން 100 އެމްބީޕީއެސްއާއި ހަމައަށް ސްޕީޑް ލިބޭނެ ކަމުގައެވެ.

ދިރާގު ފައިބަރ ބްރޯޑް ބޭންޑުން ގެ ހިދުމަތުން ފަސް އެމްބީޕީއެސްއިން ފެށިގެން 1000 އެމްބީޕީއެސް އާއި ހަމައަށް 5، 10، 15، 25، 50 އަދި 100 އެމްބީޕީއެސް ލިބޭނެއެވެ.

މުވާސަލާތީ ކުންފުނި ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުޓީވީގެ އިމްޓްޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު އެ ޕެކޭޖުގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވީނަމަވެސް ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް އިންޓަނެޓް ހޯދުމަށް އިތުރު ހަރަދެއް ކުރަން ނުޖެހުމުގެ އިތުރުން އިންޓަނެޓްގެ ޔޫޒޭޖް އެލަވަންސަކަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫ އިން ދިވެހި ވަންތަ ސްނެޕް ފިލްޓާއަކާއި ލެންސެއް ތައާރަފު ކޮށްފި

އުރީދޫ މޯލްޑިވްސް އިން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓާއެއް ތައާރަފުކޮށްފިއެވެ. ފިލްޓަ އާއި ލެންސް ތައާރަފުކޮށްފައިވަނީ ...

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް އައްޑޫ ސިޓީ ގަމަށް ފަށައިފި

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ފަށައިފިއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ...

މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ. ކޭއެފްސީގެ އައުޓުލެޓް ހުޅުވީ ...