ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނަން – އަބްދުﷲ ޝާހިދު

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ރޭ އަބްދުﷲ ޝާހިދު ވިދާޅުވީ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށާއި އެ މެންބަރުންނާއެކު މަޖިލިސް ތެރެއިން ރައީސް ޔާމީން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

“ރައީސް ޔާމީން ހުއްޓުވާނަން، ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނަން. ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ. އެއީ ޤާނޫނުއަސާސީގައި އޮތް ޗެޕްޓަރެއް. ރައްޔިތުންގެ މަޖިލީހުގައި އެކަން ކުރަންވީ ގޮތް ސަރީޙަކޮށް އެކަން އެބައޮތް ލިޔެފައި. އަޅުގަނޑުމެންގެ މި 12 މެންބަރުންނަކީ ހިތްވަރުގަދަ ބަތޮލުން. އެބޭފުޅުންނާއެކު ވަދެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރައީސް ޔާމީން ހުއްޓުވާނަން” ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވިއިރު އިދިކޮޅު އެއްވެސް މެމްބަރަކު މިފަހުން މަޖިލިސް އެއްވެސް ޖަލްސާއަކަށް ހާޒިރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދާދިފަހުން އައިޕީޔޫއިން ވެސް ވަނީ މުސާރަ ނަންގަވައިގެން މަޖިލީހުގެ މަސައްކަތަށް ހާޒިރު ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަންވޭއަށް ޚަރަދުކުރަނީ ބޭކާރު ފައިސާއެއް ނޫން، އެފައިސާ އަނބުރާ ލިބޭނެ – އެމްޔޫ މަނިކު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭއަށް ޚަރަދުކުރަނީ ބޭކާރު ފައިސާ ނޫންކަމަށާއި އެފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ ...

53 މިލިއަން ރުފިޔާ ދައްކަންކުރި އަމުރު ބާޠިލުކޮށްފި – ފުއްގިރި މައްސަލަ ނާކާމިޔާބު

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި ...

އިލިޔާސް އަކީ ސީރިއަސް ކެންޑިޑޭޓެއްނޫން; އެއީ ޤުރުބާންކުރާ ކަންބަޅިއެއް: ޝަރީފް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ ސީރިއަސް ކެންޑިޑޭޓެއް ނޫން ކަމަށާއި ...