53 މިލިއަން ރުފިޔާ ދައްކަންކުރި އަމުރު ބާޠިލުކޮށްފި – ފުއްގިރި މައްސަލަ ނާކާމިޔާބު

ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި މައްސަލަ ހައި ކޯޓުން އެމަނިކުފާނަށް  ކާމިޔާބުވެ އަދި ރ. ފުއްގިރި މައްސަލާގައި އެމަނިކުފާނު ކުރެއްވި އިސްތިއުނާފް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އެ މައްސަލަ ޔާމީން އިސްތިއުނާފް ކުރެއްވި އެވެ. ދެން އެމަނިކުފާނު އިސްތިއުނާފް ކުރެއްވީ ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތަކެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ 52 މިލިއަން ދޭން އެންގި އަމުރު ބާތިލް ކުރުމަށެވެ.  އެއީ އާރަށް މައްސަލާގައި ހުކުމްކުރިތާ ދެ މަސް ފަހުން އެ ފައިސާ ދައުލަތަށް ދައްކަން އަމުރު ނެރެފައިވާތީ އެވެ.

ހުކުމުގައިވަނީ އެ މައްސަލާގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތް ހުކުމުގައިވެ އެވެ.

އެ އަމުރު ނެރުނީ ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއާ ގުޅިގެން ކަން ފާހަގަކޮށް، ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ކަމަށް ހުކުމުގައިވެ އެވެ. 

އެހެން ނަމަވެސް ފުއްގިރި މައްސަލާގެ އިސްތިއުނާފާ ގުޅިގެން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުންތައް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިސްލާމްވިދުވަސް

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަސް ކަމުގައި މިފަހުން ރާއްޖޭގައި ފާހަގަކޮށް ހަދަމުން އަންނަނީ ރަބީއުލްއާޚިރާ ...

ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވަން ނިންމަވައިފައިފިއެވެ. އެމްޑީޕީން ހާމަކޮށްފައިވާގޮތުން ...

ފެނަކައިގެ އެމްޑީ، ޝަރީފު އިލެކްޝަނަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ...