ޗެލްސީ 3 ލަނޑު 0 ލަނޑުން ބަލިކޮށް ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބާސެލޯނާ ޖާގަ ހޯދައިފި އެވެ. .

ބާސެލޯނާ ކުއާޓާފައިނަލުން ޖާގަލިބުނީ މިދެޓީމް ބައްދަލުކޮށް ކުޅުނު ދެ ލެގުގެ އެގްރިގޭޓުން 4 ލަނޑު 1 ލަނޑުން  ބާސެލޯނާއަށް  ކުރި ލިބިގެންނެވެ.  މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ހޯދައިދިނީ މެސީއެވެ.  ރޭގެ މެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.

ޗެލްސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ޗެލްސީއަށް ވެސް ލިބިގެންގޮސްފައިވެއެވެ.  މިގޮތުން އޮލޮންސޯ ފޮނުވާލި ހިލޭޖެހުމެއް ބާސާގެ ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގެ ކުޅުންފެށިގެން ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް  ބާސާ އިން ވަނީ ކައުންޓަ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓްގައި މި ގޯލު ވެސް ބާސާ އަށް ކާމިޔާބުކޮށްދިނީ މެސީއެވެ.

ރޭގެ މެޗްގައި މެސީކާމިޔާބުކުރި  ދެގޯލާއެކު ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ. އޭނާ އަކީ މިހާތަނަށް މި ޝަރަފް ލިބުނު ދެވަނަ ކުޅުންތެރިޔާ އެވެ. މި ޝަރަފު މީގެކުރިން ހޯދާފައިވަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި މުބާރާތުގައި މިހާތަނަށް 117 ގޯލު ކާމިޔާބުކޮށްފައެވެ.

ކުއާޓާގައި ބާސާ ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ބާއްވާ ގުރުއަތުލުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލެގަނެޒް ބަލިކޮށް ބާސެލޯނާ ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ބާސެލޯނާ އިން ސްޕެނިޝް ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ. ބާސެލޯނާ ކޮޕާޑެލްރޭގެ ކުއާއާޓާފައިނަލުން ...

ސިޓީއާއި ޗެލްސީ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗް މިރޭ

ޔުއޭފާ ޗެމްޕިއަންސް ލީގު ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ. އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޕްރިމިއާލީގު 4 ...

މެސީ، ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި ޕެލޭގެ ރެކޯޑް މުގުރާލައިފި

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގައި ބުރާސްފަތި ދުވަހުގެރޭ ފަތިހު ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި، ދެކުނު ...