ގިނަ ދުވަސްތަކަކަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑް އަލުން ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް: މެސީ

ގިނަ ދުވަސްތަކަކަށްފަހު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަލުން ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު މެސީ ބުނެފިއެވެ.

ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް މެސީހޯދީ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ޔުއެންޓާސްއަށް ކުޅޭ ޕޯޗްގަލް ރޮނާލްޑޯއާއި ވާދަކޮށެވެ.

މިއީ މެސީއަށް 2015 ގެ ފަހުން ފީފީގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. ރެކޯޑް އަދަދެއްކަމަށްވާ 6 ވަނަ ފަހަރަށް އެވޯޑް ލިބުމުން މެސީބުނީ ގިނަ ދުވަސްތަކެއްވަންދެން ބޮޑު އެވޯޑެއްނުލިބި ހުރުމުން ހުރީ މާޔޫސްވެފައިކަމަށާ އެންމެފަހުން އެކަމަށް ނިމުމެއް އަތުވެއްޖެކަމަށެވެ. އޭނާ ބުނީ މިސީޒަންގެ އެންމެ މުހިއްމު އަމާޒަކީ ޗެމްޕިއަންސްލީގުކަމަށާ އެމުބާރާތުގެ ތަށި ހޯދަން ވަރަށްބޮޑަށް ތައްޔާރުވާނެކަމަށެވެ.

މެސީއާއި ވާދަކޮށް ދެވަނައަށްދިޔަ ވާޖިލް ވެން ޑައިކް ބުނީ އެވޯޑް ނުލިބުމުން މާޔޫސް ނުވާކަމަށާ މެސީކަހަލަ ކުޅުންތެރިޔަކާ އޭނާއާއި އަޅާވެސް ނުކިޔޭނެކަމަށެވެ. އަދި ގަދަ ތިނެއްގައި ހިމެނުމަކީވެސް ބޮޑުކާމިޔާބެއްކަމަށް ވާޖިލް ވެން ޑައިކް ވަނީ ބުނެފައެވެ.

ރޭ ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އިއުލާންކުރުމަށް ބޭއްވި ހަފްލާގައި 3 ވަނައަށްދިޔަ ރޮނާލްޑޯ ބައިވެރިނުވާކަން ފާހަގަކޮށްލެވެއެވެ.

މަސްދަރު : ޕީއެސްއެެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒައިދު، އާޒިމަށް: ކަޅު ދަބަހުގަ ދިޔާ އެއްޗެހި އުފުލާ ބޭފުޅަކު ޑރ.އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން

ކަޅު ދަބަހުގައި ”ދިޔާ އެއްޗެހި“ އުފުއްލަވާ ބޭފުޅަކު ޑރ.މުޙައްމަދު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫންކަމަށް އައްޝައިޚް ޢަލީ ޒައިދު ...

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ- ޑރ.ޑީޑީ

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ...

ސްޕްރީމް ކޯޓުގެ ހުކުމާއެކު ނަޝީދުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ ނައިބް ރައީސް ނެތަސް ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމްކޯޓުން ނިންމުމާއެކު ...