ވެއްޓުނު ފުލައިޓުން ދަތުރުކުރި ދިވެހި ދަރިވަރުގެ ހާލު ރަނގަޅު: ޑރ. ޝަނީޒް

ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު މަތިންދާ ބޯޓުން ދަތުރުކުރި ދިވެހި ދަރިވަރަށް އެ ހާދިސާގައި މާބޮޑު އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ރާއްޖޭގެ ސްޓޫޑަންޓް ކައުންސިލްގެ ރައީސް ޑރ. ޝަނީޒް ވިދާޅުވެއްޖެއެވެ.

މިހާދިސާއާއި ގުޅިގެން ޗެނަލް 13އަށް މަޢުލޫމާތު ދެއްވަމުން ނޭޕާލްގައި ހުންނަ ރާއްޖޭގެ ސްޓޫޑަންޓް ކައުންސިލްގެ ރައީސް ޑރ. ޝަނީޒް ވިދާޅުވީ ޑާކާއިން ފުރައިގެން ނޭޕާލަށް ދަތުރު ކުރަމުންދިޔަ ޔޫއެސް ބަންގްލާ އެއާލައިންގެ ފްލައިޓު ނޭޕާލްގެ ކަތަމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި ބޯޓުން ދަތުރުކުރި 49 މީހަކު މަރުވެފައިވާކަމަށެވެ. އަދި އެވަގުތު ދިވެހި ދަރިވަރުވެސް ބޯޓުން ދަތުރުކުރި ކަމަށާއި، ނަމަވެސް އެނާއަށް މާބޮޑު އަނިޔާއެއް ދިމާނުވެ، ސަލާމަތް ވެފައިވާކަމަށް ޝަނީޒް ވިދާޅުވިއެވެ.

ބޯޓު ވެއްޓުމާއި ގުޅިގެން ފަރުވާދެމުންދަނީ ދިވެހި އަންހެން ދަރިވަރެއް ކަމަށާއި އެނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް ޝަނީޒް ވިދާޅުވިއެވެ. ޝަނީޒް ވިދާޅުވީ ބޭރުފުށުން ބަލާއިރު އެ ދަރިވަރަށް މާބޮޑެތި އަނިޔާތަކެއް ލިބިފައިނުވާކަމަށާއި ހަމައެކަނި ފެންނަން ހުރީ ކުދި ކުދި ޒަޚަމްތަކެއް ކަމަށެވެ. ނަމަވެސް ނަފްސާނީ ގޮތުން އޭނާއަށް ބޮޑު ޝޮކެއް ލިބުމުގެ ސަބަބުން އޭނާގެ ހަލާތާއި ބެހޭ ތަފްސީލީ މަޢުލޫމާތު މިވަގުތު ހާމަކުރަން ދަތި ކަމަށް ޝަނީޒް ވަނީ ވިދާޅުވިއެވެ.

ނޭޕާލްގައި ތަޢުލީމް ހާސިލްކުރަމުންދާ އިތުރު ދަރިވަރަކު ބުނެފައިވަނީ ފަރުވާދެމުންދާ ދަރިވަރަށް އިތުރަށް ބޭސްފަރުވާ ކުރުމަށް ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. ފުލައިޓް ވެއްޓުމާއި ގުޅިގެން ފަރުވާދެމުންދަނީ ނޭޕާލުގައި އަންހެނުންގެ ބަލިތައް ނުވަތަ ގައިނަކޮލޮޖީގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރެކެވެ. ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާގެ ބޯޓް ވެއްޓުނު އިރު އޭގައި 71 މީހަކު ދަތުރު ކުރަމުން ދިޔައިރު އޭގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖެންޑާ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި

ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ...

ޓީމް ބަލިވިނަމަވެސް އެރިކްސަންގެ ހާލު ރަނގަޅުވުމުން ޑެންމާކް ހިތްހަމަޖެހިފައި

“ޑެންމާކް ބަލިވީއެވެ. ނަމަވެސް ފުރާނައެއް ކާމިޔާބު ކުރެވިއްޖެއެވެ.” މިއީ ޑެންމާކްގެ ނޫސްތަކުގައި ފާހަގަކޮށްފައިވާ ސުރުޚީއެކެވެ މިއީ ރޭގެ މެޗްގެ ...

ޝައިޚު އިދުރީސް ޙުސެއިންގެ ހާއްސަ ދަރުސެއް މިރޭ ހުޅުދޫގައި

ޝައިޚް އިދުރީސް ހުސެއިންގެ ހާއްސަ ދަރުސެއް  މިރޭ ހުޅުދޫގައި އޮންނާނެއެވެ. މިރޭ އިޝާނަމާދަށްފަހު ހުޅުދޫ މަސްޖިދުލް ވަހުދާގައި ބޭއްވުމަށް ...