ހުޅުދޫ ސްކޫލްގެ މައްޗަށް ޝަމްސުއްދީން ސްކޫލް ކުރިހޯދައިފި

އެކުވެރިކަމުގެ މެޗެއްގައި   މީދޫ ޝަމްސުއްދީން ސްކޫލް އިން ހުޅުދޫ ސްކޫލްގެ މައްޗަށް 6-3 އިން ކުރިހޯދައިފި އެވެ.

އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ހުޅުދޫ ސްކޫލްގެ 14 އަހަރުންދަށުގެޓީމާއި މީދޫ ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެޓީމްގެ ދެމެދުގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި  ފުރަތަމަ ލަނޑު ޖެހީ ހުޅުދޫ ސްކޫލްގެ ޓީމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރީން ޝަމްސުއްދީން ސްކޫލްގެ ޓީމުންވަނީ 3 ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދާފައެވެ.

ފަހު ހާފު ހާފުގެ  ކުޅުން ފަށައިގެން ކުރީކޮޅު ޝަމްސުއްދީން ސްކޫލްޓީމުން އެޓީމުގެ 4 ވަނަލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-1 ބަދަލުކުރިއެެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން ހުޅުދޫ ސްކޫލްޓީމުން  އެޓީމުގެ 2 ލަނޑާއި 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-3 އަށް ބަދަލުކުރިއެވެ.

އެހެންނަމަވެސް ޝަމްސުއްދީން ސްކޫލްޓީމުން ވަނީ ފަހުހާފް ނިމުމުގެ ކުރީން ވަރަށް ކައިރި ކައިރީގައި އިތުރު 3 ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 6-3 އަށް ބަދަލުކޮށްލާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕާ ޑެލްރޭ: ފަހަތުން އަރައި ޔޫނިއަނިސްޓަސް އަތުން މޮޅުވެ ބާސެލޯނާ ކުއާޓާ ފައިނަލަށް

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ދެވަަނަ ބުރުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ ޔޫނިއަނިސްޓަސް ...

ސްޕެނިޝް ލަލީގާ- އެތުލެޓިކޯ އަތުން 3 ލަނޑު 1 ލަނޑުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ...

އާސެނަލް ސަޕޯޓަރުން ޑިބްރޭނާއާއި ދިމާލަށް އެއްޗެހިއުކި މައްސަލަ ބަލަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން 3-1 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސިޓީގެ މިޑްފީލްޑަރ ...