ސްޕެނިޝް ލަލީގާ- އެތުލެޓިކޯ އަތުން 3 ލަނޑު 1 ލަނޑުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ރެއާލުގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 3 ލަނޑު 1 ލަނޑުންނެވެ.  

ރޭގެ މެޗު ފަށައިގެން އެތުލެޓިކޯ މެޑްރިޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ވިހި މިނެޓް ތެރޭ  އެތުލެޓިކޯއިން ވަނީ ރަނގަޅު ފުރުޞަތުތަކެއް ހޯދައި ރެއާލް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ލިނޯ ރެއާލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކޮށްދިނީ މޮރާޓާއެވެ.

އެތުލެޓިކޯގެ ލަނޑަށްފަހު ރެއާލްގެ ކުޅުން ރަގަޅުކޮށް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނިކޮށް ކައުންޓް އެޓޭކްގައި ލިބުނު ފުރުސަތަކުން ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ޖަހާ އެތުލެޓިކޯއިން 2 ލަނޑުގެ ލީޑެއް ހޯދިއެވެ.

 އެތުލެޓިކޯގެ ދެވަނަ ލަނޑަކީ ނިގުއޭޒް ރެއާލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލްމެޑްރިޑުން މިމެޗްގައި ކާމިޔާބުކުރި ލަނޑު  ލަނޑު 35 ވަނަ މިނެޓުގައި އެތުލެޓިކޯގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫސްއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ރެއާލުން އިތުރު ލަނޑެއް ޖެހިނަމަވެސް އެ ލަނޑު ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ވުމުން ވަނީ ބަލައިނުގަނެފައެވެ.

މެޗުގެ ދެވަނަ ފާހުގެ ފުރަތަމަ މިނެޓުގައި މިމެޗްގައި އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކުރި 3 ވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

މިލަނޑަކީ ރެއާލުގެ އޭރިއާތެރެއަށް ނިގުއޭޒް މަތިން ނަގައިދިން ބޯޅަ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.  

އެތުލެޓިކޯ މެޑްރިޑް މި މެޗުން މޮޅުވުމުން 5 މެޗުން 10 ޕޮއިންޓް ލިބިގެން އެޓީމް އޮތީ ޓޭބަލްގެ 6 ވަނާގައެވެ.

މިމެޗުން މޮޅުވެގެން  ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެއީ ހަމެޗުން 15 ޕޮއިންޓް ލިބިގެންނެވެ.

 މިވަގުތު އެއްވަނާގައި އޮތީ ހަ މެޗުން ހޯދި 16 ޕޮއިންޓާއިއެކު ބާސެލޯނާއެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ވެސް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފައެވެ. އެކަމަކު ބާސެލޯނާއަށް އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 05  ޖޫން 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

މިއަދު ޕޮޒިޓިވްވި ދެވަނަ ފަރާތަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު

މިއަދު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ފަރާތުގެ ދަރިފުޅު ކަން ...

ޓިކްޓޮކްގައި އަމިއްލަ އަށް ބަރަހަނާވި މީހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގެ ޕްލެޓުފޯމެއް ކަމަށް “ޓިކްޓޮކްގައި” އަމިއްލަ އަށް ބަރަހަނާވި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މިއަދު ބުނީ ސޯޝަލް ...