އަތޮޅުތެރެ އާއި މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފި

އަތޮޅުތެރެ އާއި މާލޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފިއެވެ. އެ ގޮތުން ގެނެސްފައިވަނީ ހަރަތު ސަތޭކަ ޓަނުގެ ކުނި އުފުއްލޭ ތިން ކޮޅުވެއްޓި އާއި ދުއިސައްތަ ފަންސާސް ޓަނުގެ ކުނި އުފުއްލޭ ދެ ކޮޅުވެއްޓިއެވެ. މި ކޮޅުވެއްޓިތަކާ ރަސްމީކޮށް ހަވާލުވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމެވެ.

ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އެންވަޔަރަމެންޓް މިނިސްްރީން ކުރިއަށްގެންދާ ސާފު ރާއްޖެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އަތޮޅުތައް 7 ޒޯނަކަށް ބަހާލައިގެން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން ޒޯންތަކުގެ ރަށްރަށުން އުކާލައި، ކުނި ޓްރާންސްފަރ ސްޓޭޝަންތައް މެދުވެރިކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންގޮސް ނައްތާލުމުގެ މަސައްކަތްވަނީ ވެމްކޯއާ ހަވާލުކޮށްފައެވެ.

ވެމްކޯއިން މި މަސައްކަތްތައް ޒޯންތަކުގައި ފެށުމަށް ގެންދަނީ ތައްޔާރީތައްވަމުންނެވެ. ވަކިވަކި ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ސާމާނު އެންވަޔަރަމެންޓް މިނިސްޓްރީން ފޯރުކޮށްދެމުންދާއިރު، މި ފަސް ކޮޅުވެއްޓިއަކީ ޒޯން ލެވެލްގައި ވެމްކޯއިން ކުރިއަށްގެންދާ މަސައްކަތްތައް ފަސޭހަކުރުމަށްޓަކައި ހޯދި ފަސް އުޅަނދެވެ. މި ހަތަރު އުޅަނދުގައި އެއްފަހަރާ 1850 ޓަނުގެ ކުނި އުފުލޭނެއެވެ.

ކޮޅުވެއްޓިތަކާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ، ވެމްކޯއަކީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ކުރު މާޒީގައި ބޮޑެތި ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ހޯދާފައިވާ ކުންފުންޏެއްކަމަށެވެ.

އެ ގޮތުން ވެމްކޯއަކީ ވަކި ބަޔަކަށް ބަރޯސާނުވެ، ހިންގުމުގެ ހުރިހާކަމެެއް އަމިއްލައަށް ބަލަހައްޓަމުންގެންދާ ހަރުދަނާ ކުންފުންޏެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައްކާތެރިގޮތުގައި ކުނި ނެގުމަށް ވެމްކޯއިން ކުރިއަށްގެންދާ މި މަސައްކަތަކީ، ނުވާނެ މަސައްކަތެއްކަމަށް ބުނެ ގިނަ ބަޔަކު ކުރިން ފާޑުކިޔަމުންދިޔަކަމަށެވެ.

އެހެންނަމަވެސް މިހާރު މާލޭގެ އަށާރަހާސް ގޭބިސީ އާއި ތޭރަސަތޭކައަށްވުރެ ގިނަ ވިޔަފާރިކުރާ ތަންތަނުން އުފައްދާ ކުނި އުކާލުމުގެ ޚިދުމަތް ދެމުންގެންދާކަމީ، ވެމްކޯއިން އެކަން ކާމިޔާބުކޮށްފައިވާކަމުގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވެމްކޯއިން މާލެގައި ކުނި އުކުމުގެ ޚިދުމަތްދިނުމަށް 50 ވެހިކަލް ބޭނުންކުރެއެވެ. އަދި އަތޮޅުތެރޭގައި ކުނި އުކުމުގެ ޚިދުމަތްދިނުމަށް 25 ވެހިކަލް ބޭނުންކުރެއެވެ.

ވެމްކޯގެ ކަސްޓަމަރ ރިލޭޝަންސް މެނޭޖަރ ފާތިމަތް ރަޝާ ވިދާޅުވީ ވެމްކޯއިން މިހާރު ބޭނުންކުރަމުންދަނީ ކުއްޔަށް ނަގާފައިވާ ކޮޅުވެއްޓިތަކެއްކަމަށެވެ. ނަމަވެސް މިހާރު މި ލިބުނި ކޮޅުވެއްޓިތަކާއެކު، ކުންފުނީގެ ޚަރަދު ކުޑަވެ، އެހެން ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ރަޝާ ވިދާޅުވިއެވެ.

މި އަހަރު ނިމުމުގެކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނިކޮށިތަށް ޤާއިމުކޮށް ޒޯންތަކުގައި ކުނި މެނޭޖުކުރަން ފެށުމަކީ އެންވަޔަރަމެންޓް މިިިނިސްޓްރީގެ ޢަމާޒެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލިހުގެ މީދޫ ދާއިރާގެ ގޮޑިއަށް އަލީ ނޫރައްދީން ވާދަކުރައްވަނީ !

ރަށްޔިތުންގެ މަޖިލިހުގެ މީދޫދާއިރާގެ ގޮޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށް މީދޫ ޒުވާން ވިޔަފާރިވެރިޔާ އަލީ ނޫރައްދީން ބުނެފިއެވެ. އަލީ ނޫރައްދީން ...

ހޮނިހިރު ދުވަހާއި ބުދަދުވަހު ހުޅުމީދޫއާއި ފޭދުއާއި ދެމެދު ފެރީ ދަތުރުތައް ބާއްވަނީ

ހުޅުމީދުން ކޮވިޑްގެ ކޭސްތަކެއް ފެނި އެޕްރީލް 29 ވަނަ ދުވަހު ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ހުޅުމީދޫއާއި ...

އައްޑޫގެ  ބިން ހިއްކުމަށް ވެންއޫދުން ގެނައި  ބޯޓު އައްޑުއަށް ބަނދަރުކޮށްފި

ވެން އޫދުން އައްޑޫސިޓީގެ ބިން ހިއްކުމަށް ގެނައި  ޖައްރާފު އައްޑޫގައި ބަނދަރުކޮށްފިއެވެ. ވެން އޫދުން އައްޑޫސިޓީ ބިންހިއްކުމަށް ގެނައި ...