ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރުފުޅެވެ.

އުމަރު ޒާހިރު އަވަހާރަވިއިރު އަންހެން ބޭފުޅަކާއި ކާފަ ކިޔުއްވާ ދެ ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.

އުމަރު ޒާހިރަކީ ސަރުކާރުގެ ވަރަށް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 1953ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި މަގާމުތައް އަދާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ 26 މަގާމެއް ފުރުއްވާފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމުވެސް އަދާކުރެއްވިއެވެ. ކުޅިވަރަށް ވަކިން މިނިސްޓްރީއެއް އުފެއްދެވިއިރު އެންމެ ފުރަތަމަ އެ މަގާމުވެސް އަދާކުރެއްވީ އެމަނިކުފާނެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަގާމުވެސް އެމަނިކުފާނު ވަނީ އަދާ ކުރައްވާފައެވެ.

އެމަނިކުފާނަކީ ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހުޅުމާލެ ހިއްކުމުގެ މަޝްރޫއުއަކީ އޭގެތެރެއިން ފާހަގަކުރެވޭ މަޝްރޫއުއެކެވެ. މީގެއިތުރުން މާލޭގެ މަގު ހެދުމާއި އެއްގަމުތޮއްޓާއި ކަނޑުތޮށީގެ މަސައްކަތް ފާހަގަކުރެވެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި އެމްޓީސީސީން ޖިއޯ ބޭގް ރިވެޓްމަންޓް ...

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުން މިރޭ – ހުޅުމީދޫ ޖަލްސާ އަތޮޅުމަދަރުސާގައި

ހުޅުމީދޫގައި ބާއްވާ އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ މިރޭ 8:45 އަތޮޅުމަދަރުސާގައި ބޭއްވޭނެއެވެ. ހުޅުމީދޫގައި ބާއްވާ ...

ފިލިޕީންސް ނަރުސްގެ މަރާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް އަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނޭޑާގެ މަރާއި ...