ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި، ދަސްވެނިވުމުގެ ހިނގާލުން ބާއްވައިފި

ޕޮލިސް އެކަޑަމީން ދ. ވާނީގައި ކުރިއަށް ގެންދިޔަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29ވަނަ ބުރު ނިންމައި،  ދަސްވެނިންގެ ޝަރަފުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މާރޗް 05 ވަނަ ދުވަހު ދ. ވާނީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދަސްވެނިންނަށް ލިއުން ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒާ ޢާއިޝަތު ބިޝާމެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒާ ޢާއިޝަތު ބިޝާމް، ކޯހުގެ ބައިވެރިންނާއި މުޚާތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީގައި ފުލުހުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއްކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ މުޖްތަމަޢުގެ ހަމަޖެހުންކަމުގައި ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދުވަހެއް ދުވަހަކަށް، އައުގޮތްތައް ހޯދައި މަސައްކަތްތައް ތަރައްޤީކޮށް ޒަމާނީ ކުރުމަކީ މުހިންމު ކަމެއްކަމަށާއި މާޒީން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން އިތުރަށް ރަނގަޅުކުރުމަށް އިރުޝާދު ދެއްވިއެވެ.

މީގެއިތުރުން ފުލުހުންގެ މަސައްކަތަކީ އަންހެނުންނަށްވެސް ކުރެވޭނެ މަސައްކަތެއްކަމާއި، ފުލުހުންގެ މުއައްސަސާގައި އަންހެން ފުލުހުން މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި،  އަންހެނުންނަކީ ފިރިހެނުންނާއި އެއްހަމައެއްގައި މިދާއިރާގައި ފައިތިލަސާބިތު ކުރެވޭނެ ބައެއްކަން ފާހަގަ ކުރައްވާފައިވެއެވެ. މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ކުރިއަށް ދެވޭނެ މަގު މިހާރަށްވުރެ ބޮޑަށް ފަހިކޮށްދެއްވުމަކީ މުހިންމު ކަމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މަސައްކަތަކީ ޝަރަފުވެރި މަސައްކަތެއްކަމާއި، އަދި ފުލުހުންގެ މަސައްކަތާއި އަލަށް ގުޅިގެންދިޔަ ފުލުހުންގެ އާއިލާތަކުން، އެފުލުހުންނަށް އެއްބާރުލުން ދެއްވައި ހިތްވަރު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ތަމްރީން ނިންމުމަށްފަހު  މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަން ތައްޔާރުވެފައިވާ ފުލުހުން، ކުރައްވާފައިވާ ފުލުހުންގެ ހުވަޔާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއި ކެރުމާއިއެކު ފަސްޖެހުމެއްނެތި ސާބިތުކަމާއިއެކު ފުލުހުންގެ ވާޖިބު އަދާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ދ. އަތޮޅުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ބައިވެރިންނާއި އެބައިވެރިންގެ ބެލެނިވެރިންނާއި މުދައްރިބުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

2017 ޖުލައި 16ން 2018 ފެބްރުއަރީ 22ގެ ނިޔަލަށް ކުރިއަށް ގެންދިޔަ 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހަކީ 100 ފިރިހެން ބައިވެރިންނާއި 19 އަންހެން ބައިވެރިން ހިމެނޭގޮތަށް ޖުމްލަ 119 ބައިވެރިންނާއެކު ފެށިގެންދިއަ ކޯހެކެވެ. ތަމްރީން ކޯސް ނިންމައި 99 ފުލުހަކުވަނީ މިރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަދި ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ ސްކޮލަޝިޕް އެވޯޑް ޙާސިލްކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލް ޢަބްދުލް ސަމީޢު ޢަބްދުލް ޙަމީދެވެ. އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް މުޙައްމަދު މިފްރާދު ހޮވުނުއިރު އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަޙްމަދެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ބުރުގެ އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ބީފާނު ސްކޮޑެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރަން ނިންމައިފި

ރާއްޖޭގެ އާސާރީ ތަނެއްކަމަށްވާ އއ.ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ. ...

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދާއި ހުޅުދޫ ޔޫތު ބައްދަލުކުރާ ފޯރިގަދަމެޗް މިރޭ

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ އިން ސެމީފައިނަލަށް ހޮވިފައިވާ ...

ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...