ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

އެމަނިކުފާނު އަވަހާރަވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރުފުޅެވެ.

އުމަރު ޒާހިރު އަވަހާރަވިއިރު އަންހެން ބޭފުޅަކާއި ކާފަ ކިޔުއްވާ ދެ ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.

އެމަނިކުފާނުގެ މައްޗަށް ކަށު ނަމާދު ކޮށްފައި ވަނީ ރޭގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ކަށު ނަމާދުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

އުމަރު ޒާހިރަކީ ސަރުކާރުގެ ވަރަށް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 1953ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި މަގާމުތައް އަދާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ 26 މަގާމެއް ފުރުއްވާފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމުވެސް އަދާކުރެއްވިއެވެ. ކުޅިވަރަށް ވަކިން މިނިސްޓްރީއެއް އުފެއްދެވިއިރު އެންމެ ފުރަތަމަ އެ މަގާމުވެސް އަދާކުރެއްވީ އެމަނިކުފާނެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަގާމުވެސް އެމަނިކުފާނު ވަނީ އަދާ ކުރައްވާފައެވެ.

އެމަނިކުފާނަކީ ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހުޅުމާލެ ހިއްކުމުގެ މަޝްރޫއުއަކީ އޭގެތެރެއިން ފާހަގަކުރެވޭ މަޝްރޫއުއެކެވެ. މީގެއިތުރުން މާލޭގެ މަގު ހެދުމާއި އެއްގަމުތޮއްޓާއި ކަނޑުތޮށީގެ މަސައްކަތް ފާހަގަކުރެވއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ...

ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުގެ އަމުރު އާންމުކޮށްފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ ...

ދޮންދީނީގެ އާބާދީ ދެނެގަތުމަށް އައްޑޫގައި ސާރވޭއެއް ކުރަނީ

އައްޑޫސިޓީގެ ދޮންދީނީގެ އާބާދީ ބެލުމަށް ޚާއްޞަ ސާރވޭއެއް ކުރިއަށް ގެންދިއުމަށް އެންވަޔަރަމަންޓަލް ޕްރޮތެކްޝަން އެޖެންސީ، އީޕީއޭއިން ނިންމައިފިއެވެ. މިސާރވޭގައި ...