އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ފަތްކޮޅު ޝަރީފަށް ރައީސް އަރުވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަހުމަދު ޝަރީފު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ.

ޝަރީފު މެންބަރު ކަމަށް އައްޔަން ކުރައްވާ ފަތްކޮޅު އަރުއްވާފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝަރީފަށް ފަތްކޮޅު އަރުވާފައި މިވަނީ އެނާއަށް ރައްޔިތުންގެ މަޖިލީހުން 33 މެންބަރުންގެ ވޯޓާއި އެކު މިއަދު ރުހުން ދިނުމުންނެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއްކަމަށް އެކޮމިޓީން ކަނޑައަޅަނީ އެވްރެޖް 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބޭ މީހުންކަމަށް ވާއިރު ޝަރީފްގެ ނަން ދިރާސާކުރުމަށް ފަހު އޭނާ އަށް އެ ކޮމިޓީން ދީފައިވަނީ 77.3 މާކްސްއެވެ.

އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ސޮއި ކުރައްވައި ނެރުއްވި ރިޕޯޓުގައިވާ ގޮތުން ޝަރީފަކީ އީސީގެ މެމްބަރު ކަމަށް ގާބިލް ބޭފުޅެކެވެ.

ޝަރީފަށް އެ ވަރަށް މާކްސް ލިބިވަޑައިގަތީ އޭނާގެ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލު ކަމާއި ހުނަރަށް ބެލުމަށް ފަހު ކަމަށް އެ ރިޕޯޓުގައިވެ އެވެ. ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި ޝަރީފަކީ ކުރިން ވެސް އީސީ ގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ ޝަރީފަކީ ކުރިން ތިމަރަފުށި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ޕްރިންސިޕަލް ޝަރީފް މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބެއްގެ މަގާމެވެ.
ޝަރީފު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަނީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުގައި ރޭގަނޑު 20:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ...

ކުޑަކާއްޓޭއާއި އެޑަމް  ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން  ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާ  (ކުޑަކާއްޓެ) އާއި އާދަމް ...

އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ ...